Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމިން

ރައީސް ޔާމިނުގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާ އެއް ގެ މައްސަލަ ބަލައިދިނުމަށް އެމްއެމްއޭ އިން ފުލުހަށް ހުށަހަޅައިފި

އެމްއެމްއޭ. އިން މިމައްސަލަ އެއް ތަހުގީގު ކޮށްދިނުމަށް ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ފުލުހުންގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވަނީ ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2018 | އަންގާރަ 11:57
ރައީސް ޔާމީން

ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާ އެއް ގެ މަނީ ލޯންޑަރިންގގެ މައްސަލަ އެއް ތަހުގީގުކޮށް ދިނުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީ. އަށް މި މައުލޫމާތު ވަނީ ކަށަވަރުވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާ އެއް ގެ މަނީ ލޯންޑަރިންގގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އެމްއެމްްއޭ. ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެތައް ފައިސާ އަކަށް ހިޔާނަތްތެރި ވެފައިވާ ކަމަށް އެމްއެމްއޭ. އިން ތުހުމަތު ކޮށްފައިވާ އިރު އެމްއެމްޕީއާރްސީ. ގެ އެތައް މިލިއަން ޑޮލަރެއް ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީ. ގެ އެތައް ފައިސާއެއް އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ވެދެވަފައިވާ ކަމަށާއި، އަމިއްލަ އެކައުންޓަށް އެއްމިލިއަން ޑޮލަރު ވަތްކަމަށް ވަނީ އިއުތިރާފްވެ ވަޑައިގެންފަ އެވެ.

މީގެ އިތުރުން ރައީސް ޔާމިންގެ އަމިއްލަ ގެކޮޅަށް ފައިސާ އުފުލާދިން ކަމަށް ބުނެ ދިވެހިންތަކެއް ވަނީ އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް އަށް އިންޓަވިއު ދީފައެވެ. ނަމަވެސް މިހާތަނަށް ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލަ އެއް އެއްވެސް މުއައްސަސާ އަކުން ތަހުގީގު ކޮށްފައި ނު ވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު