މަޓީ އިން އިންތިޚާބީ ކެންޑިޑޭޓް އިބޫއަށް މަރުހަބާ ދަންނަވައިފި
24 ސެޕްޓެމްބަރު 2018 | ހޯމަ 13:56އިބޫގެ ވެރިކަމުގައި ރާއްޖެއަށް ހުރިހާ ދާއިރާތަކުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން


އިންތިޚާބީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓް ފައިސަލް ނަސީމް
ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ކާމިޔާބު ކުރެއްވުމާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މަރުހަބާ ދަންނަވައިފިއެވެ.
މަރުހަބާ ދަންނަވާ މަޓީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިބޫގެ ވެރިކަމުގައި ރާއްޖެއަށް ހުރިހާ ދާއިރާތަކުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކޯލިޝަންގެ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
ރިޔާސީ އިންތިޚާބު ކޯލިޝަނުން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގިނަ މުއައްސަސާތަކުންނާއި، ޖަމިއްޔާތަކުން އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އަށް އަދި ރަނިންމޭޓް ފައިސަލް ނަސީމަށް އަންނަނީ މަރުހަބާ ދަންނަވަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 134616 ވޯޓެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.




