Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނީ ވަކީލު ސިރާޖު ހައްޔަރު

ވަކީލު ސިރާޖު އެޕާޓްމަންޓު ބަލައި ފާސްކޮށް، ހާޑަކާއި ޕެންޑްރައިވެއް ގެންގޮސްފި

21 ސެޕްޓެމްބަރު 2018 | ހުކުރު 07:39

ހައްޔަރު ކުރީ އަދީބު ނެރުނު ބަޔާންތަކާ ގުޅިގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 21 ސެޕްޓެމްބަރު 2018 | ހުކުރު 07:39
ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނީ

ގާނޫނީ ވަކީލު މޫސާ ސިރާޖުގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންދަނީ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް، ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ސިރާޖު ހައްޔަރު ކުރުމަށް ފަހު، އޭނާ ދިރިއުޅުއްވާ ގ. ހުމަށި ގޭގެ، އެޕާޓްމަންޓް ބަލައި ފާސްކޮށްފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު ކޯޓު އަމުރެއްގެ ދަށުންނެވެ. ސިރާޖުގެ ހާޒިރުގައި އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު، އޭނާގެ އޮފީހުގެ ބައެއް ލިޔެކިޔުންތައް ވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު އެ ގެއިން ސިރާޖު ނެރެގެން ގެންދިޔަ ވަގުތު އޭނާ ވިދާޅުވީ "މިކަން މި ނިމެނީ" ކަމަށާއި އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި ހުރިހާ ރައްޔިތުން ކެންޑިޑޭޓް ނަމްބަރު ދޭކަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިރާޖުގެ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ އޭނާގެ ގެއިން ބައެއް ލިޔެކިޔުންތަކާ އެކު، ޕެންޑްރައިވަކާއި ހާޑް ޑިސްކެއް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްވާ ގޮތަށް، އަދީބާ ހަވާލާ ދެއްވައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ހިމެނޭ ބަޔާންތަކެއް ނެރުނު ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަށް ކަމަށް ވަކީލު ވިދާޅުވިއެވެ.

"ނޫސްބަޔާންތަކެއް ނެރުއްވައި ސާބިތު ނުހިފޭ ދޮގު ޚަބަރުތަކެއް، ދައުލަތުގެ އާންމު އިދާރާތައް ހިމެނޭ ގޮތަށް، ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިޔުމާއި ހަޑިހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ގޮތުން ސިރާޖު ހައްޔަރުކޮށްފައި ވަނީ،" ސިރާޖުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލުން ނެރުއްވި ނޫސްބަޔާންތަކުގައި އާންމުކޮށްފައި ވަނީ މީގެ ކުރިން އަދީބު ހާމަނުކޮށް ހުރި ވާހަކަތަކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އެންގެވުމަށް ކުރެއްވި ކަމަށް ބުނާ ކަންތައްތަކާއި ކޮރަޕްޝަނާއި ފަސާދަ އާއި ސިހުރާ ގުޅުން ހުރި ވާހަކަތަކެއް އަދީބު ވަނީ ފެންމަތި ކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް