Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އެންމެންގެ ގައުމެއް ގޮތުގައި އިހުސާސްކުރެވޭނެ ރާއްޖެއެއް ހޯދައިދޭނަން: އިބޫ

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:34

ރީތިވާ ކުލައެއްގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކު ބާކީވެގެން ދިޔަ ނުދެއްވަނޭކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:34
ކޯލިޝަން ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ކޯލިޝަން ކެނޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގެންފިނަމަ އެންމެންގެ ގައުމެއް ގޮތުގައި އިހުސާސްކުރެވޭނެ ރާއްޖެއެއް ހޯއްދަވައިދެެއްވާނެކަމަށް ކޯލިޝަން ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކޯލިޝަންގެ ކެމްޕެއިން ނިންމުމުގެ ގޮތުން އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަކީ އަބަދުވެސް ހައްގުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއްކުރެއްވި ބޭފުޅުންތަކެއް ދިރިއުޅުއްވާ ސިޓީއެއް ކަމަށެވެ. އަދި އައްޑޫއަކީ ގިނަ ތައުލީމީ ދަރިންތަކެއް އުފަންވި ފަސްގަނޑެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެ ރަށަކަށްވެސް އަރައި ވަޑައިގަތުމުން ރައްޔިތުންގެ ހުންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިންސާފު ނުލިބޭ ވާހަކައާއި ވަޒީފާގެ ބިރާއި އާސަންދަ ނުލިބޭކަމުގެ ޝަކުވާކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މިއަދު ރާއްޖެ އޮތީ ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިކަމަށާއި، ކެމްޕެއިނަށް ފެއްޓެވި މިދަތުރު އައްޑޫއިން މި ނިންމާލަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލެއް ލިބޭނެކަމުގެ ފުރިހަމަ އުއްމީދާއި އެކުގައިކަމަށެވެ،

"އުފަލުން ފަހުރުވެރި އާއިލާއާއި އެކު އުޅެއެވޭނެކަމުގެ އުއްމީދުގައި. ވަކި ޕާޓީއަކަށް ސޮއިނުކުރިއަސް ވަޒީފާއާއި ލޯނުވެސް ލިބޭނެ" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، އެބޭފުޅުންގެ ވެރިކަމެއްގައި ރީތިވާ ކުލައެއްގެ ސަބަބުން އެއްވެސް ދިވެހި ރައްޔިތަކު ބާކީވެގެން ދިޔަ ނުދެއްވަނޭކަމަށެވެ. އަދި ރަޖިސްޓްރީވެފައިވާ ޕާޓީގެ ސަބަބުން އާސަންދަ ނުލިބިގެން އެކަކު އަނެކަކުގެ ގާތަށް ސަލާން ޖަހަން ދާންވެސް ނުޖެހޭނޭކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، މިއަދު ގައުމު އޮތީ މަޖިލިސް ހިސޯރުކޮށް ސުޕްރީމް ކޯޓްގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ހިފާ ހައްޔަރުކޮށްފައިކަމަށެވެ. އަދި އެމްއެމްއޭއަށް އެނގި ތިބެ ކަޅު ފައިސާ ދޮވެ، ތަންތަނުން ހަތިޔާރު ފެނިއްޖެކަމަށާއި، ވިޔާނުދާ ސަރުކާރެއްގެ ސަބަބުން ސަލާމަތީ ބާރުތަކުގެ ނަމަށް ވެސް ހުތުރު ވެއްޖެކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެނިގެންދަނީ އުފާވެރި މަންޒަރުކަމަށާއި، މިހާތަނަށް 170,000 ރައްޔިތުން ވޯޓު ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި 23 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ކުލަޖެހުމުގެ ފެށުންކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެދުވަހު ޖަލުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުން ވެސް މިނިވަން ވެގެން އެނބުރި އެބޭފުޅުންގެ އާއިލާތަކާއި ބައްދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ 14 ވިލޭރޭގެ ހަނދު ރައްޔިތުންނާއި ދެން ބައްދަލު ކުރާނީ އުފާވެރިކަމުގެ ކަމިޔާބީގެ ކުލަތަކާއި އެކު ގައިކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް