Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހަދާނަން: ގުޅިފައިވާ ޕާޓީތައް

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:20

އިސްލާމީ ރިސާޗް ސެންޓަރެއް ވެސް އުފައްދަނީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:20
ކައުބާ: ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހަދާނެ

ކައުބާ: ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހަދާނެ

ހައްޖަށް ދިއުމަށް ފެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވައުދުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ޙައްޖު ވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސާނެ ކަމަށާއި ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްތައް މީހުންގެ އިތުބާރު ލިބޭ ފަދަ ގޮތަކަށް ރާވާ ހިންގޭނެ އުސޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި އެކަން ކަށަވަރު ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އިހާނެތި ގޮތްތައް ހަދާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ކަނޑައަޅައި ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު ކުންފުނިތަކަށް ދިނުމުގައި، ދެ ފުށް ފެންނަ އުސޫލެއް ކަނޑައަޅާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވައުދުވެފައި ވެއެވެ.

"ޙައްޖަށް ގެންދިއުމުގައި ކުންފުނިތަކުން އެއްބަސްވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމަށް ކުރެވޭ ޝަކުވާތަކަށް ޙައްލު ހޯދޭނެއެވެ. އަދި ޙައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ތަރައްޤީކުރެވޭނެއެވެ،" ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިސްލާމީ ރިސާރޗް ސެންޓަރެއް ޤާއިމް ކުރާނެ ކަމަށާއި އެ މުއައްސަސާގެ ބޭނުމަކީ ބައިނަލް އަގްވާމީ އެފަދަ ސެންޓްރުތަކާއި ޔުނިވާސިޓީތަކާ ގުޅިގެން ދީނާ ގުޅުން ހުރި ދިރާސާތައްކުރުމާއި، ދީނީ ފޮތް ލިޔެ ތައްޔާރު ކުރުމާއި، ދީނީ ޖާރނަލްތައް ޝާއިޢު ކުރުމުގެ މަސައްކަތް ކުރުން ކަމަށް މެނިފެސްޓޯގައި ވެއެވެ. އަދި މަޖިލީހުން ހަދާ ގާނޫނުތަކަށާއި ސަރުކާރުގެ އޮފީސްތަކަށާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ދީނާ ފުށުއަރާ ކަންތައްތައް ބަލައި، ދީނީ ލަފާ ދިނުމަށްޓަކައި ފިގުހު އެކަޑަމީއަކީ މިނިވަން މުއައްސަސާއަކަށް ހަދާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ.

ހަތަރު ޕާޓީގެ ލީޑަރުން ހުށަހަޅާފައިވާ ކަންތައްތަކަށް ރިޔާއަތްކޮށް، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މި ފަސްގަނޑުން ޖާގަ ނުލިބޭނެކަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް