Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް

ސަރުކާރުގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި، ނަމަވެސް އެއީ ވެރިކަން ފުރޮޅާލަންޖެހޭ ކަމެއް ނޫން: ޑރ. ޝަހީމް

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:56

އުނި ކަންތައްތަކެއް އެބަހުރި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 16:56
ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓެއްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ

ރައީސް ޔާމީންގެ ކެމްޕެއިން އިވެންޓެއްގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ

ރައީސްޔާމީންގެ ސަރުކާރުގައި ވެސް ނުރަނގަޅު ކަންކަން އެބަހުރި ކަމަށް އެ މަނިކުފާނުގެ ރަނިންގ މޭޓް އެއްބަސްވެވަޑައިގެންފިއެވެ.

އިލްމުވެރިންނާއި މުފައްކިރުންގެ ބަސްކަމަށް ބުނެ ރާއްޖޭގެ މަދު ދީނީ އިލްމްވެރިން ކޮޅެއް ގޮވައިގެން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ހުރިހާ ގޮތަކުން ރަނގަޅު ސަރުކާރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކޮންމެހެން މި ސަރުކާރު ބަދަލުކުރަންނުޖެހޭ ކަމަށާއި ތަފާތު މިޒާޖުތަކުގެ މީހުންގެ އަތްމައްޗަށް ޤައުމުގެ ވެރިކަން ފޮރުޅާލަންޖެހޭ ކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ސަރުކާރުގައި މައްސަލަތަކެއް ހުރި ކަމަށް އެއްބަސްވެ ވަޑައިގެންފައި ވާއިރު، ޑރ. ޝަހީމް ވިދާޅުވީ ޤައުމު ހިންގަން ރައީސް ޔާމީން ނޫން އިތުރު ބަޔަކާ ހަވާލުކޮށްގެން ނުވާނެ ކަމަށެވެ. ޝަހީމް ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީން ނޫން އެހެން ފަރާތަކާ ޤައުމު ހިންގަން ހަވާލުކުރުމަކީ ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލުމެވެ.

"އަޅުގަނޑު ނުދަންނަވަން މި ސަރުކާރުގައި ރަނގަޅު ކުރަންޖެހޭ އުނިކަންތައްތަކެއް ނެތެކޭ. ނޫނީ ރައީސް ރަނގަޅުކުރައްވަންޖެހޭ ކަންތައްތަކެއް ނެތެކޭ. އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައް،" ޝަހީމް ވިދާޅުވިއެވެ.

ގޯސް ކަންތައްތަކެއް ހުރި ނަމަވެސް އެއީ ސަރުކާރު ބަދަލުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ޝެއިޚް ޝަހީމް ވިދާޅުވި އިރު ގޯސް ކަންތައްތައް ހުރި ކަމަށް ތުހުމަތުކޮށް 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް ނުކުތް މީހުންގެ ތެރޭގައި ޝަހީމް އިސްކޮށް ހުންނެވިއެވެ.

ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތު މި ސަރުކާރުގެ މައްޗަށް އިންތިހާއަށް ކުރެވޭއިރު، އަދި މި ސަރުކާރުގައި މައްސަލަތަކެއް ހުރި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެންފައި ވާއިރު، ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރައްވަމުން އެ މަނިކުފާނު ގެންދަވާތީ، ޑރ. ޝަހީމްގެ އިޚްލާސްތެރިކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރު ވަރުގެ ރަނގަޅު ސަރުކާރެއް ނެތް ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ރަނިންމޭޓްކަން ޤަބޫލުކުރައްވާ އެ މަނިކުފާނަށް ސަނާ ކިޔުއްވަމުން ވަޑައިގެންނެވި ދީނީ އިލްމުވެރިޔާ ޝަހީމްގެ ބަސްމަގު މިހާރު ބަދަލުވަމުންދާ ގޮތާ ދޭތެރޭ ގިނަ ބަޔަކުގެ ފާޑުކިޔުންތަކެއް އެ މަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ވާދައްކުރެއްވުމަށް ރަނިންގ މޭޓެއްގެ ގޮތުގައި ޑރ. ޝަހީމް ކަނޑައެޅުއްވީ ވަރަށް ފަސޭހަ އިން އިސްތިއުފާ ދެއްވާ ބޭފުޅަކަށް ވާތީ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
12 މާރިޗު 2017

ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ

12 މާރިޗު 2017
ސްނައިޕަރުގެ މައްސަލަ އަވަސް ކޮށްދިނުމަށް ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް