Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީނީ އިލްމުވެރިޔާ ޑރ. އިޔާޒު

ޑރ. އިޔާޒު ޝަހީމަށް: އެތަކެއް ހުރަސް މި ސަރުކާރުން ކުރިމަތި ކުރުވި

20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 09:54

މެސެޖް އައިސްފައި ހުރީ ސިޔާސީ ނުވުމަށް ބުނެ ވަޒީފާ އަދާކުރާތަން މެދުވެރިކޮށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ސެޕްޓެމްބަރު 2018 | ބުރާސްފަތި 09:54
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މި ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާ ކަމަށް ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާތީ އެކަމަށް ޑރ. އިޔާޒު ރައްދު ދެއްވައިފިއެވެ.

އިޔާޒު ރާއްޖެއެމްވީއަށް ވިދާޅުވީ ދީނީ މިނިވަންކަމަކީ އޭނާ އަމިއްލަ ނަފްސަށް ކުރިމަތިވާ ކަމެއް ނޫން ކަމަށާއި މި ސަރުކާރުން ދީނީ އިލްމުވެރިންނަށް ހުރަސްތައް ކުރިމަތި ކުރުވައިފި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަދު އިލްމުވެރިންތަކާ އެކު ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިންނަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ނުދޭހާ މިނިވަންކަން މިސަރުކާރުން ދީފައިވާ ކަމަށާއި މިސަރުކާރުން އެއްވެސް މަޖުބޫރުކަމެއް އިލްމުވެރިންނަށް ނެތް ކަމަށެވެ އަދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ ދީނީ ދަރުސް ދެއްވުން މިސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ އިލްމުވެރިން ސިޔާސީ ވާކަމަށް ބުނެ އެތައް މީހުންނަށް ހުރަސް މިސަރުކާރުން ކުރިމަތި ކުރަމުންދާ ކަމަށާއި އޭނާއަށް ވެސް އެ ހުރަސް ކުރިމަތި ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވާހަކަ ދައްކަވަނީ ސިޔާސީ މީހެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ވާހަކަދައްކަވަނީ ގައުމުގެ މުންކަރާތްތަކާ ބެހޭ ވާހަކަތައް ކަމަށެވެ.

"ވަޒީފާ އަދާކުރާ ކަންތައްތައް މެދުވެރިކޮށް ސިޔާސީ ވާކަމަށް ވިދާޅުވެ ވަޒީފާގެ ހުރަސް ކުރިމަތިވޭ. ސިޔާސީ ނުވުމަށް ބުނެ އަޅުގަނޑަށް ވެސް ވަޒީފާ އަދާކުރާތަން މެދުވެރިކޮށް މެސެޖް އައިސްފައި ހުރީ. އަޅުގަނޑު ސިޔާސީ ވަނީކީ ނޫން އެއްވެސް ހާލެއްގައި. އަޅުގަނޑު ދައްކާ ވާހަކަތަކަކީ ގައުމުގެ މުންކަރާތްތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތައް،" ޑރ. އިޔާޒު ވިދާޅުވިއެވެ.

ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައ ޑރ. އިޔާޒަށް ނިސްބަތްކުރައްވައި ޝަހީމް ވިދާޅުވީ އެ ބޭފުޅާއަކީ "ސަރުކާރާއި އިދިކޮޅު ވަރަށް ވަރުގަދަ ފަހުލަވާނެއް" ކަމަށާއި އެކަމަކު އެބޭފުޅާގެ އިސްލާމީ ދައުވަތަށް ސަރުކާރުން އެއްވެސް ހުރަހެއް ކުރިމަތިނުކުރާ ކަމަށެވެ. އެއް ދުވަހު ފުރުޣާން މިސްކިތުގައި ދަރުސް ދެއްވަމުންދާއިރު އަނެއް ދުވަހު ހުޅުމާލެ މިސްކިތުގައި ބަރާބަރަށް ތަރުތީބުކޮށް ދެ މިސްކިތުގައި އިމާމުކަން ކުރުމާއި ނޫނީ ދަރުސް ދެއްވަމުން ގެންދަވަނީ އެއްވެސް ހުރަހެއް މި ސަރުކާރުން ނާޅާތީ ކަމަށް ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ހުޅުމާލޭގައި ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އޭނާ ދެއްވާ ދަރުސްއަށް ކޮންމެ މަހަކު އެއް ފަހަރު ހުއްދަ އާކުރަން ޖެހޭ ކަމަށެވެ. އަދި މިދިޔަ މަހުގެ 29 ގައި ހުއްދަ އާކުރަން އެދުމުން ވަކި އެއްޗެއް ނާންގާ އެއް ހަފްތާ ހުއްދަ ނުދީ ހިފެހެއްޓި ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. އެހެން ނަމަވެސް ފަހުން އޭނާއަށް ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އައި އީދު ބޮޑު ޖަމާއަތުގައި އިމާމުވެ ކުރުމުގެ ހުއްދައަށް އެދުމުން ޑރ. އިޔާޒަށް ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.

ޑރ. އިޔާޒު ވިދާޅުވީ ފޭސްބުކްގައި ޖެހި ސްޓޭޓަސްއަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރީ މިސަރުކާރުން ކަމަށެވެ. ޖުލައި 26 ،2016 ގައި ފުލުހުން ޑރ. އިޔާޒަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ އިޔާޒު ފުލުހަށް ހާޒިރު ކުރަނީ އެ މުއައްސަސާ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް