Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި

19 ސެޕްޓެމްބަރު 2018 | ބުދަ 07:29

ހޯދުނު ގޮތަކަށް ގަރލް ފްރެންޑަށް މޮބައިލް ފޯނު ހޯދައިދޭން މަޖްބޫރުވާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ސެޕްޓެމްބަރު 2018 | ބުދަ 07:29
ޕީޕީއެމުން ސައިޒް ދައްކާލަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ޕީޕީއެމުން ސައިޒް ދައްކާލަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ

ޒުވާނުން ވައްކަން ކުރުމަށް ހިތްވަރު ދޭ ފަދަ ގޮތަކަށް ރައީސް އަބްދުﷲ ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފިއެވެ.

ޕީޕީއެމުން އަންގާރަ ދުވަހުގެ ރޭ "ސައިޒް ދައްކާލުމަށް" ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ޒުވާނުންނަށް އެންމެ ދަތިވެފައިވާ ކަމަކީ ވަޒީފާ ކަމަށާއި ވަޒީފާއެއްގެ ކުރިން ކައިވެންޏެއް ކުރަން ޖެހޭ ކަމަށެވެ. އަދި ގެދޮރުވެރިކަމަކާ ހަމައަށް އަންނާނީ ކައިވެންޏަކާ ހަމައަށް ދިއުމުން ކަމަށެވެ.

Advertisement - newsAdvertisement
"ޒުވާނުން ކޮންކަމެއްތޯ ބޭނުންވަނީ. ޒުވާނުންނަށް އެންމެ ދަތިވެފައިވާ ކަމަކަށް ވެފައި މިވަނީ ވަޒީފާ. ގެދޮރުވެރިކަމަކާ ހަމައަށް އަންނާނީ ކައިވެންޏަކާ ހަމައަށް ދިޔައިމަ ދެއްތޯ. އެކަމަކު ކައިވެނީގެ ކުރިން ވެސް ކޮންމެ ފިރިހެން ކުއްޖަކު ބޭނުންވާނެ ގާރލް ފްރޭންޑަށް މޮބައިލް ފޯނެއް ދޭން. ކޮންމެ ޒުވާން ފިރިހެން ކުއްޖަކު މިއަދު ބޭނުންވޭ މާލޭގެ މިއޮތް ކާރޫބާރޫ ބޮޑު އެންވަޔަރަންމަންޓުން ނިކުމެ ހުޅުމާލެއަށް ބްރިޖްމަތީ ދަތުރުކޮށްލާފަ، ހަމަ ގާރލް ފްރޭންޑް ފަހަތަށް ލައިގެން ހަމަ ކޮފީ ބޯލަން ބޭނުންވާނެ. އެހެންވީމަ ގެދޮރަށް ދައްކާނެ ރެންޓަށް ދައްކާނެ އާމްދަނީ ނެތް ނަމަވެސް ހަމަ ކޮންމެ ފިރިހެންކުއްޖަކު އެބަ ބޭނުންވޭ އޭނާގެ ގާރލް ފްރޭންޑަށް ތިއްތި ދައްކާލަން. އެހެންވީމަ މިކަންކަން ކުރާނެ ދެއްތޯ. ދެން މިއަށް ފައިސާ ހޯދަނީ ކިހިނެއްތޯ. އިނގިރޭސި ބަހުގެ މުހާވިރާ ބަހެއް އޮވޭ. އެމީހަކު ބޭނުންވާ ކަމަކަށް ފައިސާ ނުލިބިއްޖިއްޔާ އެކަމަކު އެކަމަކީ ކުރަންޖެހޭ ކަމަކަށް ވެއްޖިއްޔާ، އާ މިއޮށް ގާރލް ފްރޭންޑް ކަޓަނީ. އެހެން މީހަކު އެއޮށް އޮފަރ ކުރަނީ މޮބައިލް ފޯނު. ދެން ނަރީޝް އަށް މަޖްބޫރު ވަނީ ކޮންކަމެއްތޯ. ނަރީޝްއަށް ކުރަން މަޖްބޫރުވަނީ ބެގް ބޮރޯ އޯ ސްޓީލް. ހޯދުނު ގޮތަކަށް މޮބައިލް ފޯނު ހޯދައިދޭން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ގެދޮރުވެރިކަމަށް ވުރެ އިސް ވަނީ ވަޒީފާ ކަމަށާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދޭންޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މީގެ ކުރިން ވެސް ވަނީ އެމަނިކުފާނުގެ ގެކޮޅަށް ހަލާލް ނޫން ފައިސާ ވަދެފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބެއްސެވި ފައިސާއަކީ އެމަނިކުފާނު ބެއްސެވި ފައިސާ ކަމަށް ވިދާޅުވެފައެވެ. އަދި ގުރޫޕްތަކަށް ފައިސާ ދޭނެ އެހެން ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ވެއްދި ކަމަށާއި އެއީ ހަލާލު ފައިސާ ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ބެންކޮކުން ފައިސާ ދީފައި އަންހެންކުދިން ހޯދަނީ ހިލޭ ނޫން ކަމަށާއި އަނބިމީހާ އަތަށް ދޭ ފައިސާ ހޯދީ ކޮންގޮތަކަށްތޯ އަނބި މީހާ ނުބަލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް