Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ތަރައްޤީ

ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!

19 ސެޕްޓެމްބަރު 2018 | ބުދަ 04:13

ކޮރަލް ބުލެވަރޑް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންތަކެއް ވަނީ އެމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 ސެޕްޓެމްބަރު 2018 | ބުދަ 04:13
ކޮރަލް ބުލެވަރޑް މަޝްރޫޢުގެ މަސައްކަތް ރައީސް ޔާމީން ބައްލަވާލައްވަނީ

ކޮރަލް ބުލެވަރޑް މަޝްރޫޢުގެ މަސައްކަތް ރައީސް ޔާމީން ބައްލަވާލައްވަނީ

ސަރުކާރުން ޕްރޮމޯޓްކުރާ ބައެއް ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކޮށް، ދިވެހި މުވައްޒަފުންނަށް ޖިސްމާނީ އަނިޔާވާ ގޮތަށް އަދަބު ދޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ރަސްފަންނު ސަރަހައްދުގައި ތަރައްޤީކުރާ ކޮރަލް ބުލެވަރޑް ތަރައްޤީކުރާ ސިންގަޕޫރުގެ ޝަންހުއާ ކުންފުނިން އެތަނުގައި މަސައްކަތްކުރި ދިވެހި މުވައްޒަފުންނާ މެދު ވަޒީފާގެ ޤާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލަތަކެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ޝަންހުއާ ކުންފުނީގައި ކުރިން މަސައްކަތްކުރި ބައެއް މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިދިޔަ ރޯދަ މަހު ޢިނާޔަތް ނުލިބިގެން ދާން ޖެހުނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ. އަދި އެ އޮތޯރިޓީ އިން ވެސް އެކުންފުންޏަށް ލުއިތަކެއްދީ، ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ކުންފުންޏަށް ފަސޭހަ ގޮތަކަށް ރޯދަ މަހުގެ އިނާޔަތް ދިނުމަށް ހަމަޖައްސައިދިން ކަމަށް މުވައްޒަފުން ބުނެއެވެ.

އެކުންފުނީގައި މަސައްކަތްކުރި މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ރޯދަ މަހު ކުންފުނީގެ މުވައްޒަފުން ނަމާދަށް ދިޔުމަށް ކުންފުނިން ހުރަސް އެޅިއެވެ. އަދި ޑިއުޓީ ގަޑީގައި ނަމާދު ނުކުރެވޭނެ ކަމަށް އަންގައި، އޮފީސް ތެރޭގައި ވެސް ނަމާދު ކުރުން މަނާކުރިއެވެ. އަދި މީގެ އިތުރުން އިރު އޮއްސޭ ވަގުތާ ދިމާކޮށް މުވައްޒަފުން ރޯދަ ވީއްލަން ގެޔަށް ދިޔަ ނުދީ، އެގަޑިއަށް ބައްދަލުވުންތަކާއި ޓްރެއިނިންގތައް ޝެޑިއުލް ކުރަމުން ދިޔަ ކަމަށް ވެއެވެ.

މީގެ އިތުރުން މުވައްޒަފުން ގަޑި ޖެހިއްޖެ ނަމަ މުސާރައިން ކެނޑުމުގެ ބަދަލުގައި، ޖެހިގެން އަންނަ ދުވަހު މުވައްޒަފުން އޮފީހަށް ލާރި ދައްކަން ޖެހޭ ކަމަށް މުވައްޒަފުންނަށް އެންގި ކަމަށް ވެއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ތަނުގައި ތިބި ހުރިހާ ދިވެހި މުވައްޒަފުން ވަނީ މިހާރު ވަޒީފާ އިން ވަކިކޮށްފައެވެ. އަދި އޭގެ ކުރިން އެތަނުގައި މަސައްކަތްކުރި ބުރުގާ އެޅި މުވައްޒަފުން މަޤާމުން ވަކިކޮށް، އަލަށް ތަޢާރަފްކުރި ޔުނިފޯމުގައި ބުރުގާ އަޅާ ކުދިންނަށް އަޅާނެ ޔުނިފޯމެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮރަލް ބުލެވަރޑް އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ދިވެހި މުވައްޒަފުން ކޮރަލް ބުލެވަރޑްގެ ޝޯވ ރޫމްގައި މަސައްކަތްކުރާއިރު، އެތަނުގައި ހުންނަ ސޯފާތަކުގައި ދިވެހި މުވައްޒަފުން އިށީނުން މަނާކުރި ކަމަށް ވެސް ކުރިން އެތަނުގައި މަސައްކަތްކުރި މުވައްޒަފުން ބުނެއެވެ. އަދި ތަނުގެ ވެރިންގެ ގޮތުގައި ޗައިނާ މީހުން ތިބެ، އޮފީސް ތެރޭގައި ރަސްމީ ބަހެއްގެ ގޮތުގައި ޗައިނާ ބަހުން ވާހަކަ ދެއްކުމުގެ ސަބަބުން، އެތަނުގައި އޭރު ތިބި ދިވެހި މުވައްޒަފުންނަށް އެކަމުގެ ސަބަބުން ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

މީގެ އިތުރުން ސޭލްސް ޓީމުގެ މުވައްޒަފުންނަށް ސޭލްސް ޕިޗްކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފަހު، ދަސްވި އެއްޗެއް ބެލުމަށް މުވައްޒަފުންނާ ސުވާލުކުރުމުން، އެސުވާލުތަކަށް ޖަވާބު ނުދެވޭ މުވައްޒަފުން ލައްވައި އަސްކަރީ ތަމްރީންތަކުގައި ހައްދާ ފަދައިން ޕުޝްއަޕްސް ހަދަން ޖެއްސި ކަމަށް މުވައްޒަފުން ބުނެއެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ކުރީގެ މުވައްޒަފަކު ބުންޏެވެ.

ޝަންހުއާ ކުންފުނިން ވިއްކާ އެޕާޓްމަންޓްތަކުގެ އިޝްތިހާރުތައް މާލޭގެ ގްރީން ޒޯނާއި އެހެނިހެން ސަރަހައްދުތަކުގައި ޖަހާފައި ވަނީ ވެސް ޤަވާޢިދާ ޚިލާފަށެވެ. އަދި އެކުންފުންޏަށް އެއަރޕޯޓް އެރައިވަލް ހޯލްގައި ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނަށް ޑެސްކް ދީފައި ހުންނަ ތަނުން ޑެސްކް ދީފައި ވާތީ ވެސް އެއަރޕޯޓްގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ރަސްފަންނުގައި ތަރައްޤީކުރާ ކޮރަލް ބުލެވަރޑްގެ މަސައްކަތްކުރާ ޝަންހުއާ ކުންފުންޏަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ވެސް ކުރާ ކުންފުންޏެވެ. އެކުންފުނީގައި ކުރިން މަސައްކަތްކުރި މުވައްޒަފުންތަކެއް މައުލޫމާތު ދިން ގޮތުގައި އެކުންފުންޏަކީ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ މަސްލަހަތު އޮންނަ، ސިންގަޕޫރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެކެވެ.

ޝަންހުއާގައި މަސައްކަތްކުރާ ހުރިހާ ދިވެހި މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާއިރު، އެކުންފުނިން އެމުވައްޒަފުންނާ މެދު އަމަލުކުރި ގޮތާ ގުޅިގެން ބައެއް މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުންފުނީގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން ޝަންހުއާގެ ބަހެއް ހޯދާލުމަށް ގުޅައިގެން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާތީ އެކުންފުނީގެ މުވައްޒަފުންގެ އިރުޝާދާ އެކު ކުންފުނީގެ މޮބައިލް ނަމްބަރަކަށް ކުރި މެސެޖަށް އަދި ޖަވާބު ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް