Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ޤާނޫނުގެ ތެރެއިން ބިދޭސީން ގެންނަން ރަނގަޅު އުސޫލެއް ޤާއިމު ކުރާނަން: އިބޫ

ރާއްޖޭގައި ޤާނޫނާއި ހިލާފަށް އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ސެޕްޓެމްބަރު 2018 | އަންގާރަ 23:38
ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ

ރާއްޖެޓީވީގެ ރައްޔިތުންގެ ދަރުބާރުގައި އިބޫ

ޤާނޫނުގެ ތެރެއިން ބިދޭސީން ގެންނަން ރަނގަޅު އުސޫލެއް ޤާއިމު ކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން 'ރައްޔިތުންގެ ދަރުބާރު' ޕްރޮގްރާމުގައި ބައިވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދާއި ހިލާފަށް އެއްލައްކަ އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުންދާ ކަމަށާއި އެގޮތަށް ކަންތައްތައް އެ ދިމާވަނީ ހުރިހާ ބާރެއް އެއްތަނަކަށް ޖަމާކުރުމުން ކަމަށެވެ. ވަރކްޕަރމިޓް ޕްރޮސެސް ކުރުމަކީ އިމިގްރޭޝަންގެ ދައުރެއް ނޫން ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އިމިގްރޭޝަން މެދުވެރިކޮށް ވަރކްޕަރމިޓް ޕްރޮސެސް ކުރެވޭ ކުރުން ބަދަލު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބިދޭސީން ގެނެވެނީ ހަމައެކަނި ވަކި އޭޖެންސީތައް މެދުވެރިކޮށްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ އެއީ ބަޔަކު ރާވައިގެން ނާޖާއިޒު ފައިދާ ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.

އިބޫ އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ޕްރޮސެސް އޮންނަ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ހުއްޓި، ބިދޭސީން ގެންނަން ބޭނުންވާ މީހުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖޭން ފޮނުވާލާނެ ކަމަށެވެ. އެހެންނަމަވެސް އެކަމަކީ ދުވަސް ނަގާނެ، އުނދަގޫ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު