Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ސަރުކާރު ކުންފުނިތަކުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކާތީ ބައެއް މުވައްޒަފުންގެ ނުރުހުން ސަރުކާރަށް!

19 ސެޕްޓެމްބަރު 2018 | ބުދަ 11:36

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ އަޑުތައް ވަރަށް ގިނައިން އިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ސެޕްޓެމްބަރު 2018 | ބުދަ 11:36
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ލަމްއާން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގެ ތެރެއިން

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ލަމްއާން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއްގެ ތެރެއިން

ސަރުކާރުގެ އިދާރާތުގެ މުވައްޒަފުންނާއި އަދި ހާއްސަކޮށް ސަރުކާރު ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރަމުންދަތީ އެކަމާ ދެކޮޅު ހަދަމުންދާ މުވައްޒަފުން ނުރުހުން ފާޅު ކުރަން ފަށައިފިއެވެ.

އެގޮތުން ވަޒީފާގެ ބިރު ދައްކަމުންދާ އެއްކުންފުންޏަކީ ފެެނަކަ ކޯޕަރޭޝަނެވެ. ރާއްޖޭގެ ގިނަ ރައްތަކުގެ އިންޖީނުގެތައް ހިންގަމުންދާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް މެދުވެރިކޮށް، އެކުންފުނީގެ މައި އޮފީހުގެ އެންގުމުގެ މަތިން ރައީސް ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކަށް މީހުން ނެރުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެފަދަ ވާހަކަތައް ބައެއް މުއައްޒަފުން ވެސް ދަނީ މީޑިއާތަކާ ވެސް ހިއްސާ ކުރަމުންނެވެ.

Advertisement - newsAdvertisement

މާލެ ފިޔަވައި ފެނަކަ ކުންފުނީގެ އެންމެ ގިނަ މުވައްޒަފުން އުޅެނީ އައްޑޫ ސިޓީގައެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުން އިންތިހާއަށް ދިއުމުން އެ މުވައްޒަފުން ފާޅުގައި އެކަމާއި ނުރުހުން ފާޅުކުރަމުންދާ ކަމަށް އައްޑޫ ލައިވްއިން ވަނީ ހާމަކޮށްފައެވެ.

ނުރުހުން ފާޅުކުރާ ފަރާތްތަކާ ހަވާލާދީ 'އައްޑޫލައިވް'ގައިވާ ގޮތުގައި މި ފަހުން އިންޖީނުގޭގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި "އިބޫއަށް ތާއީދުކުރާ ބަޔަކު ތިބިއްޔާ ގެއަށް ދިއުމަށް" ވަނީ އަންގާފައެވެ. އަދި ސަރުކާރާ ދެކޮޅު ހިޔާލުގެ މުވައްޒަފުން "ފިއްތައިގެން" ތިބުމަށް ވެސް ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ މުއާޒު ހަލީމް އަންގާފައިވާ ކަމަށް ބުނެ، އެމީހުންނާ ހަވާލާދީ އައްޑޫ ލައިވްއިން ހާމަ ކޮށްފައި ވެއެވެ.

ދާދި ފަހުން ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫއިން އެމަނިކުފާނު ހިތްހަމަ ޖެހޭވަރުގެ ސަޕޯޓެއް ލިބިފައިނުވާތީ، އިދިކޮޅު އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ.

އައްޑޫ ސިޓީއަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުކޮށްގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާއިރު ވެސް، އައްޑޫ ރައްޔިތުންގެ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށް ރައީސް ޔާމީން ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި އުޅޭ ފެނަކަ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ރައީސް ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޕީއެލްއާއި އެސްޓީއޯ، ސްޓެލްކޯ، އެމްޓީސީސީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް، ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވުމަށް މަޖުބޫރު ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ އިވެންޓްތަކާއި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ޕީޕީއެމުން މީގެ ކުރިން ފާޅުކަން ބޮޑު ގޮތެއްގައި ބުނެފައި ވަނީ ރައީސްގެ ކެމްޕެއިންގައި ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް