Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޕީޕީއެމުން ހިންގާ ހަރަކާތާ ހުރެ، މަސްވެރިން ރުޅިގަދަވެ ހަމަނުޖެހުން ނުހިނގީ ކިރިޔާ!

17 ސެޕްޓެމްބަރު 2018 | ހޯމަ 15:25

އެ ހަރަކާތް ހިންގާތާ މިއަދަނީ ތިން ވަނަ ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 ސެޕްޓެމްބަރު 2018 | ހޯމަ 15:25
ޕީޕީއެމްގެ އެކްޓިވިސްޓަކާއި މަސްވެރިޔަކާ މެދު ބަހުގެ ހަމަލާތަކެއް: ބަހުގެ ހަމަލާތަކެއް ރައްދުކޮށް، މާރާމާރީއަށް މަގުފަހި ނުވީ ކިރިޔާ-- ފޮޓޯ/ ޙުސައިން ޙަސަން

ޕީޕީއެމްގެ އެކްޓިވިސްޓަކާއި މަސްވެރިޔަކާ މެދު ބަހުގެ ހަމަލާތަކެއް: ބަހުގެ ހަމަލާތަކެއް ރައްދުކޮށް، މާރާމާރީއަށް މަގުފަހި ނުވީ ކިރިޔާ-- ފޮޓޯ/ ޙުސައިން ޙަސަން

ތާއިދު ހޯދުމަށް ޕީޕީއެމުން މަސްމާރުކޭޓު ކުރިމަތީގައި ހޯމަ ދުވަހު ވެސް ހިންގި ހަރަކާތާ ގުޅިގެން މަސްވެރިން ރުޅިގަދަވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށް، ހަމަނުޖެހުމަށް މަގުފަހި ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޕީޕީއެމުން ގެންދަނީ ބާޒާރުމަތީގައި ކޮންމެ ދުވަހަކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ހޯމަ ދުވަހުގެ ހަވީރު ވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ހޯދުމަށް މަސްމާރުކޭޓް ކުރިމަތީގައި ޕީޕީއެމުން ހިންގި ހަރަކާތާ ގުޅިގެން މަސްވެރިން ވަނީ ރައީސް ޔާމީނަށް ތާއިދު ނުކުރާކަން ހާމަކޮށްފައެވެ.

Advertisement - newsAdvertisement

ބެޔަސް ނުބެޔަސް ނުލިބޭތީ ޕޯސްޓަރު ހިފައިގެން މަސްވެރިން: ޕީޕީއެމަށް ތާއިދު ނެތް ކަމަށް ބުނެ އަޑު އުފުލާފައިވޭ-- ފޮޓޯ/ ޙުސައިން ޙަސަން

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (މުއާ) އިސްވެ ހުންނަވައި ހިންގަވާ އެ ހަރަކާތުގައި ރައީސް ޔާމީންގެ ކެންޑިޑޭޓު ނަމްބަރު، އަތުގެ އިޝާރާތުން ދެއްކުމުން، މާރުކޭޓުގައި ތިބި މަސްވެރިންނާއި އާންމުން ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޮތް ތާއިދު ދައްކާލާފައެވެ. އެގޮތުން އިބޫގެ ކެންޑިޑޭޓް ނަމްބަރު އިނގިލީގެ އިޝާރާތުން ދައްކައި، ގުޅިފައިވާ ޕާޓީތަކަށް ތާއިދު ކުރާ ކަން ހާމަކޮށްފައިވެއެވެ.

ޕީޕީއެމުން ކޮންމެ ދުވަހަކު ހިންގާ އެ ހަރަކާތާ ގުޅިގެން، މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަހުގެ ހަމަލާތައް ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ރައްދުކޮށްފައެވެ. އެގޮތުން ސަރުކާރުން މަސްވެރިންނަށް ވައުދުވި ބެޔަސް ނުބެޔަސް ނުލިބޭތީ، އެކަން ދެއްކުމުގެ ގޮތުން ޕޯސްޓަރުތަކެއް ހަދައި، ދައްކާލާފައިވެއެވެ.

ޕީޕީއެމަށް ތާއިދު ނެތް ކަމަށް ބުނެ، އާންމުން އަޑުއުފުލަނީ-- ފޮޓޯ/ ޙުސައިން ޙަސަން

މާރުކޭޓު ކުރިމަތީގައި ޕީޕީއެމުން ކޮންމެ ދުވަހު ހިންގާ ހަރަކާތާ ގުޅިގެން މަސްވެރިން ރުޅިގަދަވެ، އެ މީހުންގެ ވިޔަފާރިއަށް ހުރަސް އެޅޭ ކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައެވެ. އަދި ޕީޕީއެމަށް އޮތް ތާއިދު ގެއްލި، ސަރުކާރަށް އޮތް ނުރުހުން އިތުރަށް ބޮޑުވެގެންދާ ކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައިވެއެވެ.

ބަހުގެ ހަމަލާތަކެއް ރައްދުކޮށް، ހަމަނުޖެހުމަށް މަގުފަހިވާގޮތަށް މަސްމާރުކޭޓު ސަރަހައްދުގައި ކަންތައްތަކެއް ހިނގައިދިޔައިރު، ދެ ފުލުހަކު އަމަން ބެލެހެއްޓުމަށްޓަކައި އެތަނުގައި ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް