Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތޫނު އެއްޗަކުން ހަމަލާދިނުން

ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދިން ޒުވާނާއަށް އައިޖީއެމްއެޗްގައި ފުރަވާ ދެނީ

މިޒުވާނާގެ ހާލަތާއި މެދު އަދި ވަކި އެއްޗެއް ބުނަން ދަތި ކަމަށް އޮފިޝަލް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 17 ސެޕްޓެމްބަރު 2018 | ހޯމަ 12:11
ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާގެ ގައިން ފައިބާފައިވާ ލޭ

ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހާގެ ގައިން ފައިބާފައިވާ ލޭ

ރ. ދުވާފަރުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް އައިޖީއެމްއެޗުން ފަރުވާދެމުންދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރުފަރުވާ ދިނުމަށް މިޒުވާނާ އެހޮސްޕިޓަލަށް ގެނައީ އާދިއްތަ ދުވަހުގެ ހަވީރު ކަމަށެވެ. މިޒުވާނާ އޮޕްރޭޝަން ކުރުމަށްފަހު މިހާރު ސާޖިކަލް ވޯޑުގައި އޭނާ އެޑްމިޓުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ 21 އަހަރުގެ މިޒުވާނާގެ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، މިޒުވާނާގެ ހާލަތާއި މެދު އަދި ވަކި އެއްޗެއް ބުނަން ދަތިކަމަށެވެ.

"ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ހަމަލާދީފަ ހުރީ. މިހާރު ވެސް ފަރުވާ ދެމުން މިއަންނަނީ. ހާލު ރަނގަޅޭ ވެސް ރަނގަޅު ނޫނޭ ވެސް ނުބުނެވޭނެ. ފަރުވާ ދެމުން އަންނަނީ" އޮފިޝަލް ވިދާޅުވިއެވެ.

ޒަޚަމްވި މިޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ދުވާފަރު ހެލްތު ސެންޓަރުގައެވެ. ނަމަވެސް އެކަށޭނަ ފަރުވާ ދެވެން ނެތިގެން އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ވެސް ފަރުވާ ދީފަވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކައުންސިލްގެ މެމްބަރު ވިދާޅުވީ މިޒުވާނާއަށް ހަމަލާދީފައި ވަނީ މޭ ކަށިގަނޑުން ތިރި ބަނޑުގެ ދެފަރާތުންނާއި ބުރަކަށިން ހަމަ އެ ދެ ދިމާލަށް ކަމަށެވެ. ހޮނިހިރު ދުވަހުގެރޭ 12 ޖެހިފަހުން ހިނގި މިހާދިސާ އެރަށު ކައުންސިލް އިދާރާ ކައިރީގައި ހިނގާފައި ވަނީ އެއް ގުރޫޕެއްގެ ދެމީހެއްގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާކަމަށް ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް

26 ޖޫން 2017
ތޫނު އެއްޗަކުން ހަމާލާދީ ޒަހަމްވި ޒުވާނާ އަދިވެސް އޭޑީކޭ ހޮސްޕިޓަލްގައި: ޕޮލިސް
18 ޖޫން 2017

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

18 ޖޫން 2017
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި
12 ޖޫން 2017

ތެލެއް ނޫން، ހުރިހާ އެއްޗަކުންވެސް ޑިއުޓީ ކުޑަކުރާނެ، ކުރިމަތީގައި ރިޔާސީ އިންތިހާބު: އިދިކޮޅު މެމްބަރުން

12 ޖޫން 2017
ތެލެއް ނޫން، ހުރިހާ އެއްޗަކުންވެސް ޑިއުޓީ ކުޑަކުރާނެ، ކުރިމަތީގައި ރިޔާސީ އިންތިހާބު: އިދިކޮޅު މެމްބަރުން
22 މެއި 2017

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މާރިޔާ އަށް ހަމަލާދިން މީހަކު 200ރ އިން ޖޫރިމަނާ ކޮށްފި

22 މެއި 2017
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު މާރިޔާ އަށް ހަމަލާދިން މީހަކު 200ރ އިން ޖޫރިމަނާ ކޮށްފި
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
15 މެއި 2017

ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

15 މެއި 2017
ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
07 މެއި 2017

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި

07 މެއި 2017
މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފި
03 މެއި 2017

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

03 މެއި 2017
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
30 އެޕްރީލު 2017

ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!

30 އެޕްރީލު 2017
ޔާމީނަށް ހަމަލާދިން މީހުން ތިބީ ސިފަ ބަދަލުކޮށްގެން!
28 މާރިޗު 2017

މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

28 މާރިޗު 2017
މެމްބަރު ޝަރީފަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު