Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލުގެ ޑިއުޓީ ކުޑަކުރުން

ތެލެއް ނޫން، ހުރިހާ އެއްޗަކުންވެސް ޑިއުޓީ ކުޑަކުރާނެ، ކުރިމަތީގައި ރިޔާސީ އިންތިހާބު: އިދިކޮޅު މެމްބަރުން

ގަފޫރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ދެން އޮތީ 11 މަސް ދުވަސް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖޫން 2017 | ހޯމަ 17:17
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން

ދިވެހިެރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލުން ތެލުގެ ޑިއުޓީ ކުރުރަން ހުށަހެޅިނަމަވެސް ކުރިއަށް އޮތްތާނގައި މިފަދަ ވަރަށް ބިލްތަކާއި ކަންކަން ސަރުކާރުގެ ތެރެއިން ފެންނަމުންދާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެބިލް މަޖިލީހަށް ހުށަހަޅުއްވާ ދެއްވީ ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު އެވެ.

ނިހާނު އެބިލް ހުށަހެޅުއްވަމުން މާގިނަ ވާހަކަ ދައްކުމުގެ ބަދަލުގައި މިބިލަކީ ވަރަށް ރަނގަޅު ބިލެއް ކަމަށާއި މިބިލުން ޑީސަލާއި ޕެޓްރޯލްފަދަ ތެލުގެ ބާވަތްތަކުން ކުރާ ޚަރަދުތައް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުން ވިދާޅުވީ މިބިލްގައި ވަރަށް މަކަރުވެރި ރޭވުންތަކެއް ހުންނާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބަށް ބާކީ އޮތީ 11 މަސްދުވަސް. މިހުރިހާ އެއްޗެއްވެސް އަންނާނެ. އޭގެ ފަލްސަފާގެ ތެރެއިން ހިނގަމުންދާ ކަމެއް މިއީވެސް. ކާޑުވެސް އަގުހެޔޮވާނެ. އެހެންނަމަވެސް އިންތިހާބު ނިމުނީމަ މީން 25 ޕަސެންޓް ޑިއުޓީ ނަގާނެ. އެ ނޫންތޯ ފެނިގެންމިދަނީ. އެހެންވީމާ ކާޑުގެ އަގުވެސް ހެޔޮ ކުރާނެ، ދެންހުރި އެއްޗެހިވެސް އަގު ހެޔޮކުރާނެ،" އެޕްޑީޕީގެ މެމްބަރު ގަފޫރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ކަރަންޓު ބިލާ ފެންބިލު އެކަނި ކުޑަކޮށްގެން ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށާއި އަނިޔާވެރިކަން ވެސް ހުއްޓާލަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ރުހުމާއި ލޯބި ބޭނުމިއްޔާ ކަރަންޓު ބިލާ ފެންބިލަކުން ނޫން ބޮޑު ކުރަންވީކީ. އަނިޔާވެރިކަން ވެސް ހުއްޓާލަންވީ. ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ގައުމު ހިންގުމަށް ވެސް ވިސްނުން ބަދަލު ކުރަންވީ،" ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަމުންދަނީ ސިޔާސީ ފައިދާއަށް ކަމަށެވެ. އެކަން ސިޔާސީ ފަރާތްތަކަށާއި ރައްޔިތުންނަށް ކުރަމުންދާ އަނިޔާއިން އެކަން އިނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރަން ސަރުކާރުން ނިންމާފައި ވާއިރު، އޭގެ ފައިދާ ރައްޔިތުންނަށް ކުރޭތޯ ކަށަވަރުކުރަން ޖެހޭކަމަށެވެ. އެއީ މީގެ ކުރިން ސަރުކާރުން މިފަދަ ކަންކަން ކޮށްފައިވާ ގޮތުން މިހާތަނަށް ރައްޔިތުންނަށް ފައިދާވާ ގޮތަށް ކޮށްފައިވާ ކަމަށް ބުނާކަންކަން ފެންނަން ނުހުންނާތީ ކަމަށެވެ.

"އެއްރޭ ދަންވަރު އާސަންދަ ކަނޑަލާފާނެ، އަނެއް ދުވަހު މެންދުރު ސަރުކާރުގެ ހެޔޮކަމުން އަލުން އާސަން އިއާދަ ކޮށްފާނެ. އެއްދުވަހު ތެލުން ޑިއުޓީ ނަގަން ނިންމަފާނެ، އަނެއްދުވަހު ތެލުން ޑިއުޓީ ނަގަން ނިންމަފާނެ، އަދި ޖެހިގެން އަންނަ ދުވަހު ޑިއުޓީ ދަށްކުރަން ވެސް ނިންމަފާނެ،" ހުސައިން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު