Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކުޑަހުވަދޫ އަރބަން ސެންޓަރަކަށް ހަދައި، ތަރައްޤީ ކުރާނަން: އިބޫ

16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:09

ދ. ހުޅުދެލި އަދި ރިނބުދޫއަށް ކޮށްދެއްވާނެ ކަންކަންވެސް އިބޫ ހާމަކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 19:09
ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ދ. ކުޑަހުވަދޫ އަރބަން ސެންޓަރަކަށް ހަދައި، ތަރައްޤީކޮށްދެއްވާނެކަމަށް ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެވަޑައިގެންފި އެވެ.

ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވަނީ ކުޑަހުވަދޫއަށާއި، ދ. އަތޮޅަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރާއްޖެ ތަރައްޤީކުރަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަން ފާހަގަކޮށް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތައް ބާރުވެރިކޮށް، މާލީ ތަނަވަސްކަންދީ، ރައްޔިތުންނާއި ގާތުން ހިދުމަތްތައް ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަރބަން ސެންޓަރުތަކެއް ޤާއިމްކުރެވިގެންދާނެކަން ފާހަގަކޮށް އިބު ވިދާޅުވީ އެ ތަންތަނުން ރަނގަޅު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން އިބޫ ވިދާޅުވީ އޭގެތެރެއިން ޤާއިމްކުރާ އެއް އަރބަން ސެންޓަރަކަށް ކުޑަހުވަދޫ ވެގެންދާނެ ކަމަށެވެ. އަދި އެއާއެކު ކުޑަހުވަދޫއަށް ބޭނުންވާ ތަރައްޤީ މަޝްރޫއުތައް ހުރިކަން ފާހަގަކޮށް އިބޫ ވިދާޅުވީ ކުޑަހުވަދޫގައި ކޮމަރޝަލް ހާބަރެއް ޤާއިމްކޮށް، ރަނގަޅު ސިއްހީ ހިދުމަތާއި ސުކޫލާއި، އަރބަން ސެންޓަރަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް ކުޑަހުވަދޫގައި ޤާއިމްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

"ނުހެދި ހުރި މަގުތައް އިރާދަކުރެއްވިޔާ ހެދިގެންދާނެ. އަދި ކުޑަހުވަދޫއަށް ބަދަލުވި ވާނީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ސަރުކާރުންދޭން ވައުދުވެފައިވާ ބަދަލު ލިބިފައިނުވާތީ، ސަރުކާރުން ދޭނެކަމަށް ބުނެ 50000 ރުފިޔާ ކޮންމެ ގެޔެކަށް އަދި ލިބިފައެއް ނުވޭ. ވެރިކަމުގެ 1 އަހަރުގެ ތެރޭގައި އެކަން ނިމިގެންދާނެ"

ދ. އަތޮޅުގެ އެހެން ރަށްރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން އިބޫ ވިދާޅުވީ. ރިނބިދޫގައި ބަނދަރާއި، ބޭރު ތޮށި ރަނގަޅު ފެންވަރަކަށް ހައްދަވައި، ނަރުދަމާގެ ހިދުމަތް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި އެ ރަށުގައި ފެނުގެ ހިދުމަތްވެސް ޤާއިމްކުރެވިގެންދާނެކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ރިނބިދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުުރައްވާނެކަމަށް އިބޫ ވިދާޅުވި އެވެ.

"ހުޅުދެލީގައިވެސް ފެނާއި ނަރުދަމާ ޤާއިމްކުރާނަން. ބަނަދަރު ބޮޑުކޮށް، ބިމުގެ ދަތިކަން ދިމާވެފައިވާ ރަށަކަށްވާތީ ބިން ހިއްކައި އެކަން ހައްލުކޮށްދޭނަން"

އިބޫ ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ރައްޔިތުން ތިބި ގޮތް ސާފުވެވަޑައިގެންފައިވާކަމަށެވެ. އަދި ރައްޔިތުން ތިބީ ސެޕްޓެމްބަރު 23 އަށް ތައްޔާރަށްކަން ފާހަގަކޮށް އިބޫ ވިދަޅުވީ އިންސާފުވެރި އިންތިހާބެއް ހޯދަން ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް