Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރިޔާސީ އިންތިޚާބު

ބްރެޒިލްގެ ރިޔާސީ އިންތިޚާބު: ޚިޔާލު ހޯދުމުުގެ ވޯޓުތަކުގައި ވަޅީގެ ހަމަލާ އަމާޒުވި ކެނޑިޑޭޓު ކުރީގައި

16 ސެޕްޓެމްބަރު 2018 | އާދީއްތަ 04:42

މިދިޔަ ހަފްތާއަށްވުރެ މި ހަފްތާގައި ބޮލްސާނަރޯގެ ތާއީދުވަނީ އިތުުރުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 04:42
ބޮލްސާނަރޯއަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރޭ

ބޮލްސާނަރޯއަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރޭ

ވަޅީގެ ހަމަލާއެއްގައި ޒަޚަމްވެ ވަޑައިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބްރެޒިލްގެ ކަނާތުފިޔައިގެ ރިޔާސީ ކެނޑިޑޭޓް ޖެއަރ ބޮލްސާނަރޯ ޚިޔާލު ހޯދުމުގެ ވޯޓްތަކުގައި ކުރި ހޯއްދަވައިފިއެވެ.

ބްރެޒިލްގެ އެންމެ ބޮޑު މީޑިއާ ގްރޫޕްގެ ސަބްސިޑިއަރީ ކުންްފުންޏެއްކަމަށްވާ ޑޭޓާފޯލާ އިން ހުކުރު ދުވަހު އާއްމު ކުރި ސާވޭގެ ނަަތީޖާ އިން ދައްކާގޮތުގައި އުމުރުފުޅުން 63 އަހަރުފުޅުގެ ބޮލްސާނަރޯ އަށް ސާވޭގައި ބައިވެރިވި މީހުންގެ 26 އިންސައްތަ ތާއީދުކުރެއެވެ.

މިއީ މިދިޔަ ހަފްތާގައި އެ ތަނުން ހިންގި ސާވޭގައި އޭނާއަށް ލިބިވަޑައިގެންނެވި އަދަދަށްވުރެ ދެ ޕަސެންޓް އިތުރު އަދަދެކެވެ.

ބޮލްސާނަރޯގެ ދަށްބަނޑުފުޅަށް ވަޅީގެ ހަމަލާ އެއް ދީފައި ވަނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބްރެޒިލްގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ޖުުއިޒް ޑަ ފޯރާގައި ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ހަމަލާއަށް ފަހު އޭނާ މިހާރު އޮންނެވީ ސައޮޕޯލޯގެ އަލްބެރީ އައިންސްޓެއިން ހޮސްޕިޓަލުގައެވެ. އޮކްޓޯބަރު މަހުގެ 7 ވަަނަ ދުވަހު ބާއްވާ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތެރޭގައި ބޮލްސާނަރޯ ކެމްޕެއިނަށް ނުކުމެ ވަޑައިގެންނެވުމަކީ ނާދިރު ކަމެއް ކަމަށް އޭނާގެ ފިރިހެން ދަރިކަލުން ފެލްވިއޯ ބޮލްސާނަރޯ ވިދާޅުވެއެވެ.

ސިއްހީ ދާއިރާގެ ޚަބަރުތަކެއްގައި ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އިތުރު ތަދެއް ނެތި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. އަދި އިންފެކްޝަނެއްގެ އަސަރެއް ނެތްއިރު އަވަސް ގޮތެއްގައި ފިޒިއޮތެރަޕީ ހަދަން ފެށޭނެ ކަމަށް ބެލެވެއެވެ.

މިއީ ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރެއްވުން ބްރެޒިލްގެ އިލެކްޓޯރަލް ކޯޓުން މަނާ ކުރެއްވުމާއެކު ވޯކަރސް ޕާޓީން އިންތިޚާބަށް ނެރުއްވި ސައުޕޯލޯގެ ކުރީގެ މޭޔަރ ފެރްނާންޑޯ އައްދާދު ރޭހަށް ނުކުންނެވިފަހުން ނެގި ފުރަތަމަ ޕޯލްއެވެ.

ވޯކަރސް ޕާޓީން ގެންދަނީ ލޫލާއަށް އޮތް ތާއީދު އައްދާދަށް ބަދަލުކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުން 13 އިންސައްތަ މީހުން އޭނާއަށް ތާއީދު ކުރާއިރު މިއީ މިދިޔަ ހަފްތާއަށް ބަލާއިރު ހަތަރު އިންސައްތަ އިތުރުވުމެކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުހޯއްދެވިއްޖެ ނަމަ ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް