Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ތާރީޚީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު އިބޫގެ ކުޅިވަރުގެ ސިޔާސަތު ހާމަކުރައްވައިފި

16 ސެޕްޓެމްބަރު 2018 | އާދީއްތަ 05:33

މޫދުކުޅިވަރުތައް ތައާރަފު ކުރައްވާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 05:33
މިއަދު އިބޫ މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ:-ކުޅިވަރު ސިޔާސަތު މިރޭ ވަނީ އާންމުކޮށްފައި

މިއަދު އިބޫ މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ:-ކުޅިވަރު ސިޔާސަތު މިރޭ ވަނީ އާންމުކޮށްފައި

ކުޅިވަރުގެ ދާއިރާއަށް ތާރީޚީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުޅިވަރުގެ ސިޔާސަތު ހާމަ ކުރައްވައިފި އެވެ.

ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ ކުޅިވަރުގެ ސިޔާސަތު ހާމަ ކޮށްދެއްވަމުން އިބޫ ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ތަނަކަށްވާއިރު ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ ތަމްރީން ހެދެމުންދާ ތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މި ގަބޫލު ކުރަނީ ކުޅިވަރުގެ ވަސީލަތްތައް އެކަށީގެންވާ ވަރަކަށް ހުންނަން ޖެހޭނެ ކަމަށް. އެގޮތުން ގައުމީ ހުރިހާ ކުޅިވަރެއް ކުޅެވޭނެ އެކަށީގެންވާ ތަނެއް ހަދާދޭނަން. ބައިނަލްއަގުވާމީ އިތުރު ދަނޑެއް ތަރައްގީކޮށް ސަރައްދީ ފުޓުބޯޅަ އާއި ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ އިންތިޒާމް ހަމަ ޖެހިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ޝައުގުވެރިވާ ކުޅިވަރެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުޅިވަރުގެ ސިޔާސަތުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ފުޓުބޯޅައިގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ޓީމެއް ހަދައި، ލީގެއް ފަށާނެ ކަމަށެވެ. ކަސްރަތަށް އަހްލުވެރިކޮށް ކުޅިވަރުގައި އެހީތެރިވުމަށް ސްޕޯޓް ކައުންސިލަރުން ކޮންމެ ރަށެއްގައި ވެސް ބައިތިއްބަވާނެކަމަށް ވިދާޅުވެފައި އެވެ.

"ކޮންމެ ރަށެއްގައި ކަސްރަތު ކުރެވޭނެ ވަސީލަތްތައް ގާއިމު ކޮށްދޭނަން. އަޅުގަނޑުމެންގެ ސަރުކާރުގެ ތިން މަސްދުވަސް ތެރޭގައި ރާއްޖޭގައި ހުރި ކުޅިވަރު ސާމާނުތަކުގެ އޮޑިޓެއް ހަދައި އެއަށް ގެންނަން ޖެހޭ ބަދަލެއް ގެންނާނަން،" އިބޫ ވިދާޅުވި އެވެ. މޫދު ކުޅިވަރުތައް އިތުރަށް ކުރިއެރުވުމަށް ރާއްޖޭގައި ތަފާތު މޫދުކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ އިތުރަށް ރާއްޖެއަކީ މޫދުކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގައުމީ ޓީމުގައި އުޅުމަށްފަހު ރިޓަޔާ ކުރެވޭ މީހުނަށް މާލީ އެހީތެރިކަން ދޭނެ ކަމަށް ވެސް އިބޫ ވިދާޅިވި އެވެ. އަދި ވިދާޅުވީ ގައުމީ ޓީމުތަކުގެ އަންނެހެން އަދި ފިރިހެން ކުޅުންތެރިންނަށް މުސާރައިގެ ހަމަހަމަކަން ގެނެސްދޭނެ ކަމަށެވެ.

ކުޅިވަރު ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަމާ ގުޅޭ އެސޯސިއޭޝަން ސިޔާސީ ވުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެންމެހައި ސިޔާސީ ނުފޫޒުން އެތަންތަން މިނިވަން ކުރެވޭނެ ކަމަށްވެސް ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

28 އޯގަސްޓު 2017
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
24 އޯގަސްޓު 2017

ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި

24 އޯގަސްޓު 2017
ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި
18 ޖުލައި 2017

ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން

18 ޖުލައި 2017
ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް