Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިހާން

ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން

މަޖިލީހުގެ ރައީސްގެ މައްސަލާގައި ސޮއި ކުރި މެމްބަރުންގެ ސޮއި ނެގުމަށް ރައީސް ވެސް މެމްބަރުންނާ ވާހަކަ ދައްކަވާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 18 ޖުލައި 2017 | އަންގާރަ 20:38
ނިހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ނިހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ބައެއް މެމްބަރުން ސޮއި އަނބުރާ ގެންނަވާނެ ކަމަށްވެސް ގަބޫލު ކުރެއްވޭ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންވެސް ހިމެނެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި މެމްބަރުން ސޮއި އަނބުރާ ގެނައުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމިން މެމްބަރުންނަށް ގުޅުއްވައިގެން ވާހަކަ ދައްކަވާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް ޕީޖީ ގުރޫޕްގައި ހިތްހަމަ ނުޖެހޭ ކަމެއް ހުރި ނަމަ ރަނގަޅު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ގަވައިދަށް ގެންނާން ޖެހެނު ބަދަލެއް ގެންނަން ޖެހުނަސް އެކަން ވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ މަގާމުން އެއް ފަރާތަށް ޖެހިވަޑައިގަންނަވަން ޖެހޭނަމަ އެކަން ކުރައްވައިގެން ޕީޕީއެމް ޕީޖީ ގުރޫޕްގެ މައްސަލަތައް ހައްލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އޭގެ އިތުރުން ޕީޕީއެމްއިން ދުރަށް ޖެހުނު މެމްބަރުނަށް އަލުން މަރުހަބާ ކިޔުމަށް ސަރުކާރުވެސް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުވެސް އޮތީ ތިޔަ ބޭފުޅުނަށް (ޕީޕީއެމް ދޫކޮށްދިޔަ މެމްބަރުންނަށް) މަރުހަބާ ކިޔަން. ބަގަލް ގީރު ސަލާން ކޮށްގެންވެސް ގެންނަ ގޮތައް، އެއީ އަރަބިން ކުރާ މި ކުރާ ސަލާމް، ކޮނޑާ ގޮނޑު ޖައްސާ، އެއަށް އާންމުކޮށް ކިޔަނީ ގަބަރުގީރު ސަލާމް. އެގޮތައް ތައްޔާރަށް ތިބި ވާހަކަ ދަންނަވާލަން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް އާ ދުރަށް ޖެހިވަޑައިގެން މެމްބަރުން އަލުން ޕާޓީއާ ނުގުޅޭނެ ކަމަށް ދަންނަވަން ނޭނގޭ ކަމަށާއި އޭނާވެސް ޕީޕީއެމް ދޫކޮށް ދާން ނުދާނެ ކަމެއްވެސް ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތް އެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ސޮއި އަނބުރާ ގެންދެވައިފި ނަމަ އެދުވަހުގެ ރިޔާސަތު ބަލަހައްޓަވާނީ މަސީހް ކަމަށެވެ. އަދި އެދުވަހު މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު