Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮލަމާފުށީގެ ހަމަނުޖެހުން

ކޮލަމާފުށީ ހައްޔަރީން: 17 މީހެއްގެ ބަންދަށް 15 ދުވަސް، އެކަކުގެ ބަންދަށް 12 ދުވަސް!

ދިފާއުގައި 18 ވަކީލުންގެ ބޮޑު ޓީމެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 13:24
ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަނީ

ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަނީ

ޕީޕީއެމްގެ ޖަގަހަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓުންގެ ބަންދުގެ މުއްދަތު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފިއެވެ.

ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކަކާއި ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ 18 އެކްޓިވިސްޓަކު ކޮލަމާފުށިން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ.

Advertisement - newsAdvertisement

އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވުމާއި ގުޅިގެން، ބަންދާ މެދު ގޮތެއް ނިންނުމަށް ހުކުރު ދުވަހުގެ ހަވީރު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 17 މީހެއްގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. އަދި އެކަކުގެ ބަންދުގެ މުއްދަތު 12 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

ހަވީރު 4:30 ހާއިރު ބަންދާއި މެދު ގޮތެއް ނިންމުމަށް ފެށި މަޖިލިސް ނިންމާލާފައި ވަނީ ރޭގަނޑު 11:00 ހާއިރުއެވެ. ބަންދުގެ މުއްދަތުގެ މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ މައްޗަށް ވެސް ޓެރަރިޒަމުގެ ތުހުމަތު ކޮށްފައިވާއިރު، އެ މީހުންގެ ދިފާއުގައި ވަކީލުންގެ ބޮޑު ޓީމެއް ވަނީ ވިލިނގިއްޔަށް ވަޑައިގެންފައެވެ. ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ވަނީ ހަމަޖައްސާފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވަކި ވަކީލެއް އައްޔަންކޮށްފައި ވަނީ، އެއް ތުހުމަތެއްގައި ހިމެނޭ ދެ މީހަކަށް، އެއް ވަކީލެއް އައްޔަން ނުކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ވާތީއެވެ.

ބަންދުގެ މަޖިލީހަށް ހާޒިރުވި ވަކީލުން ވިދާޅުވި ގޮތުގައި، ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ވާންޖެހޭ އިޖުރާއަތު ފުރިހަމަ ވެފައިވޭތޯ ބެލުމެއް ނެތިއެވެ. އަދި ވަކީލުންގެ އިއުތިރާޒުތަކާ މެދު ގޮތެއް ނިންމުމެއް ވެސް ނެތިއެވެ.

ކޮލަމާފުށީގައި އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށްފައި ވާތީ އެޕާޓީ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު