Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހުކުރު ޚުތުބާ ޓައިމް ބޮމަކަށް؟!

14 ސެޕްޓެމްބަރު 2018 | ހުކުރު 14:27

ހުތުބާ ހާއްސަކޮށްފައި ވަނީ ސިހުރުގެ ނުބައި ކަމުގެ މައްޗަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 ސެޕްޓެމްބަރު 2018 | ހުކުރު 14:27
އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ: ހުތުބާ ހާއްސަކޮށްފައި ވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށް

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ނަމާދު ކުރަނީ: ހުތުބާ ހާއްސަކޮށްފައި ވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށް

އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ ވާހަކަތައް ފަޅާ އެރުވުމަކީ "ޓައިމް ބޮމޭ" ކިޔަތެވެ. އޮޑިޓް ރިޕޯޓުތަކުން ސަރުކާރުގެ ފަތިފުށް ހާމަ ކުރުމަކީ ވެސް ޑައިމް ބޮމޭ ބުނެއެވެ. ވޯޓުލާ މޫސުމުގައި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަތައް ތިލަ ކުރާ ކޮންމެފަހަރު ފަތުއަޑުހިޔާފައި ފެތުރިގެންދަނީ އެފަދަ ޓައިމް ބޮމްގެ އަޑުތަކެވެ. ފިސްފިސްވެ، ކުދިކުދިވެ، ގެއްލިގެން ދަނީ ލިބިފައި އޮތް ތާއިދާއި ލިބެން ހުރި ވޯޓެވެ. އިންތިހާބަށް ބާކީ ނުވަ ދުވަހަށް ވެފައި ވަނިކޮށް މިސްކިތްތަކުގެ ތާޅަފިލިތަކުން ހުކުރު ދުވަހު އިއްވީ އެފަދަ ޓައިމް ބޮމެއް ކަމަށް ކިޔާ މީހުން ގިނައެވެ.

ސިހުރުގައި މީހަކު ބަނދެވި، "އަވަދި"ވެފައިވާ ކަމަށް ޖަލުގެ ތޭރިތަކުގެ ތަކުގެ ފުރަގަކުން، ނެރުނު ބަޔާންތަކުގައި ބުނަމުން ދަނިކޮށް، ހުކުރު ދުވަހުގެ ހުތުބާ ހާއްސަކޮށްފައި ވަނީ "ސިހުރު ހާހޫރައިގެ ނުބައިކަމުގެ" މައްޗަށެވެ.

ޓެކްނޮލޮޖީީ އާއި ތަރައްގީގެ ޒަމާނުގައި ވެސް މީސްތަކުންގެ ގައިގައި ވަކި ހިއްޕާލާފައިވާ ބިރުވެރި ބަލިމަޑުކަމަކީ ސިހުރު ކަމުގައި ބުނަމުން ފެށި ހުތުބާގައި ސިހުރުގެ ނުބައިކަމުގެ ވާހަކަ ތަކުރާރުކޮށްފައިވެއެވެ. ސިހުރުވެރިޔާއަކީ އިންސީންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި އޭނާގެ މަގުސަދަކީ ޖީބު ތަނަވަސް ކުރުން ކަމަށާއި މަކަރާއި ހީލަތަކީ އޭނާގެ ސިފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ސިހުރުވެރިޔާއަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެކެވެ. އޭނާއަކީ މީސްތަކުން ދެކެ ލޯބިވާ މީހެއް ނޫނެވެ. އޭނާގެ ހިތުގައި މީސްތަކުންނަށް އޯގާތެރި ކަމެއް ކުލުނެވެރި ކަމެއް ނޯންނާނެއެވެ. އޭނާގެ މަގްސަދަކީ މީސްތަކުން ގިލަންވެރި ކުރުވުމާއި ކީސްތަކުންނަށް ގޯނާ ކުރުމާއި އޭނާގެ ޖީބު ތަނަވަސް ކުރުމެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ހުއްޖަތު ދައްކަމުން ހުތުބާގައި ބުނެފައި ވަނީ ތިން މީހަކަށް ސުވަރުގެ ނުވަދެވޭނެ ކަމަށާއި އެ މީހުންނަކީ ރާބުއިމަށް ދެވިހިފާފައިވާ މީހާ އާއި ރަހިމުގެ ގުޅުން ކަނޑާ މީހާ އާއި ސިހުރުވެރިންގެ ބަސް ތެދުކުރާ މީހާ ކަމަށެވެ.

ސިހުރުގެ ސަބަބުން ނުކުންނާނެ ނޭދެވޭ އަސަރުތައް ތަފްސީލުކޮށްދެމުން، ހުތުބާގައި ބުނެފައި ވަނީ ސިހުރު ދަސްކުރަން އެދޭ މީހާއަށް އޭނާގެ ދީނާއި އޭނާގެ އަގީދާ ޝައިތާނާއަށް ގުރްބާން ކުރުމަށްފަހުގައި މެނުވީ އެ ޝައިތާނާ އޭނާއަށް ސިހްރު ދަސްކޮށް ނުދޭނެ ކަމަށެވެ. ޝައިތާނާއަކީ ތަބީއަތުގައި ވެސް އަނެކުންނަށް ގެއްލުން ދިނުމާއި އަނެކުންނަށް އުނދަގޫ ކުރުން ހިމެނޭ މަހްލޫގެއް ކަމަށާއި އިންސާނާ ކުފްރުގެ ތެރެއަށް ބޮޑަށް ވަން ވަރަކަށް ޝައިތާނާ އޭނާއަށް އެހީވެދޭލެއް ބޮޑުވާނެ ކަމަށް ހުތުބާގައިވެއެވެ.

"އިސްލާމީ މުޖުތަމައުތަކުގައި ސިހްރުހާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ ހިތްތައް ހަރުވެ ހަސަދަވެރިކަމާއި ނީހަވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން މީސްތަކުން ވަހްމާއި ޝައްކުގެ ތެރެއަށް ގެނބި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވުމުންނެވެ. ގޭގައި ގުރްއާން ކިޔެވުމާއި ޛިކްރުކުރުން މަދުވެ، ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެއްޓަކަށް ގެދޮރު ބަދަލުވުމުގެ ސަބަބުންނެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ސިހުރުވެރިންގެ ގާތަށް ގޮސް، އެދުންތައް އެދެމުންދާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް، ހުތުބާގައި ބުނެފައި ވަނީ ސައްތައިން ސައްތަ އިސްލާމީ ރާއްޖޭގައި ސިހްރުހާހޫރަ ގިނަވަމުން ދިޔުމަކީ ހިތާމަ ކުރި ކަމެއް ކަމަށެވެ. ހުތުބާގައި ހަނދާންކޮށްދީފައި ވަނީ ސިހްރުވެރިންގެ ގާތަށް ގޮސް، އެ މީހުންގެ ބަސް ގަބޫލު ކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ ބައެއް ކަމަށާއި ފާލު ބަލައި ދިނުމަށް އެދޭ މީހާ އާއި ސިހުރު ހަދައި ދިނުމަށް އެދޭ މީހާއަކީ މުސްލިމް ޖަމާއަތުގެ ހިމެނޭ ބައެއް ނޫން ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ.

"މީހުން ސުންޕާކުރުވާ މީހާ އާއި މީހަކު ސުންޕާކޮށް ދިނުމަށް އެދޭ މީހާއަކީ އަދި ފާލުބަލާ މީހުންނާއި ފާޅުބަލައި ދިނުމަށް އެދޭ މީހާއަކީ އަދި ސިހްރުހަދާ މީހުންނާއި ސިހްރުހަދައި ދިނުމަށް އެދޭ މީހާއަކީ ތިމަންކަލޭގެ ފާނުގެ ޖަމާއަތުގައި ހިމެނޭ ބައެއް ނޫނެވެ." ރަސޫލާގެ ބަސްފުޅާމެދު ވިސްނާލަށެވެ،" ރަސޫލާގެ ހަދީސްފުޅުތައް ހަނދާންކޮށްދެމުން ހުތުބާގައި ބުނެފައިވެއެވެ.

ސިހުރުގެ ނުބައިކަން ބޮޑުވެގެންވާ ސަބަބަކީ މީހުން މެރުމަށްވުރެ، އެ އަމަލުގެ ނުބައިކަން ބޮޑު އަމަލަކަށްވާތީ ކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އެގޮތުން ސިހްރުގެ ސަބަބުން މުޖުތަމައު ރޫޅި އެކުވެރިކަން ހަތުރުވެރި ކަމަށް ބަދަލުވެ، ނާމާންވެދާނެތީއެވެ. މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅިގެންދާތީއެވެ. ދުޅަހެޔޮ އެތައް ބަޔަކު ބަލި މީހުންނަށް ވާތީއެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. ބާއްޖަވެރިން އަބާއްޖަވެރިންނަށް ވެގެންދަނީ ސިހުރުގެ ސަބަބުންކަން ރާއްޖޭގެ މިސްކިތްތަކުގެ ތާޅަފިލިން އިއްވި ހުކުރު ހުތުބާގައިވެއެވެ.

ޝިރުކާއި ދުޝްމަނުންގެ ކިބައިން ރާއްޖެ ރައްކާތެރި ކުރުމަށް ދުއާ ކުރަމުން، ހުތުބާ ނިންމާލާފައި ވަނީ ވަލިއްޔުއްއަމްރަށާއި ހާއްސަކޮށްގެން ދުއާއެއް އިއްވަމުންނެވެ.

"އަޅަމެންގެ ވަލިއްޔުއްރަމްރަށާއި އެންމެހާ މުސްލިމު ގައުމުތަކުގެ ހާކިމުންނަށް އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އަމަލު ކުރުމުގެ ހެޔޮ ތައުފީގު ދެއްވައި، އިބަރަސްކަލާނގެ ފޮތާއި އިބަރަސްކަލާނގެ ޝަރީއަތާ އެއްގޮތަށް އަމަލު ކުރުމަށް މަގު ތަނަވަސްކޮށް ދެއްވާންދޭވެ،" ހުތުބާ ނިންމާލަމުން ކުރި ދުއާގައިވެއެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެފަދަ ހުތުބާއެއް ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައި ވަނީ ސިހުރުގެ އަޑު ގަދަވެފައިވަނިކޮށެވެ. ކަންކަން ހާސިލު ކުރުމަށާއި އެކިކަން ކަމަށް އެދި ސިހުރު ހަދައި، ހާމުދުރުންގެ ވަސްވާހުގައި އިސް ވެރިޔަކު ގެއްލިދާ ކަމަށް ބުނަމުންދަނިކޮށެވެ. އިންތިހާބާ ދިމާކޮށް މިސްކިތްތަކުގެ ތާޅަފިލިތަކުން އިއްވި ނަސޭހަތަކީ އިންތިހާބުގެ ކުރިން އިއްވި ފަހު ބަހެވެ. އިސްލާހުވާން ދިން ފަހުގެ އިންޒާރެވެ. ހައްގުގެ މަގަށް ރުޖޫއަވުމަށް ދިން އިންޒާރެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2022

އައްމަޓީ ދޫކޮށްލުން: ޓައިމްލައިން

23 މާރިޗު 2022
އައްމަޓީ ދޫކޮށްލުން: ޓައިމްލައިން
01 މާރިޗު 2022

މަހުމޫދުގެ މަރު: ޓައިމްލައިން

01 މާރިޗު 2022
މަހުމޫދުގެ މަރު: ޓައިމްލައިން
01 އޯގަސްޓު 2020

އަނެއްކާވެސް ރިކޯޑެއް، ހުކުރު ދުވަހު އެކަނި 292,000 މީހުންނަށް ކޮވިޑް-19 ޖެހުނު

01 އޯގަސްޓު 2020
އަނެއްކާވެސް ރިކޯޑެއް، ހުކުރު ދުވަހު އެކަނި 292,000 މީހުންނަށް ކޮވިޑް-19 ޖެހުނު
09 އޮކްޓޯބަރު 2019

ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް

09 އޮކްޓޯބަރު 2019
ހުކުރު މިސްކިތުގައި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިޔަށް
30 މެއި 2019

އާ މަޖިލީހާ އެކު ޖުޑީޝަރީ އިސްލާހުކުރުމާ ދިމާއަށް!

30 މެއި 2019
އާ މަޖިލީހާ އެކު ޖުޑީޝަރީ އިސްލާހުކުރުމާ ދިމާއަށް!
20 އެޕްރީލު 2019

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

20 އެޕްރީލު 2019
މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
26 ނޮވެމްބަރު 2018

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018
މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!
28 ނޮވެމްބަރު 2017

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް
25 އޯގަސްޓު 2017

ގާސިިމް އިބްރާހިމްގެ މައްސަލައިގެ ޓައިމްލައިން

25 އޯގަސްޓު 2017
ގާސިިމް އިބްރާހިމްގެ މައްސަލައިގެ ޓައިމްލައިން
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް