Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ބަގީޗާގެ ކިނބޫ

ކިނބޫ މަރާލި މައްސަލާގައި ވަޒީރަށް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވި: މަހްލޫފް

11 ސެޕްޓެމްބަރު 2018 | އަންގާރަ 13:55

ކިނބޫ މަރާލުމަށްފަހު ވަޅުލީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ސެޕްޓެމްބަރު 2018 | އަންގާރަ 13:55
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެމައްސަލާގައި ޑިފެންސް މިނިސްޓަރަށް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މާރާލުމަށްފަހު ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިލަފަޅުގެ މިސްކިތް ކައިރީގައި ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެ ނެރުއްވާފައިވާ ބަޔާނާ ގުޅިގެން މަހުލޫފް ވިދާޅުވީ ކިނބޫ މަރާލުމުގެ އޮޕަރޭޝަން ހިންގީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސް ލައްވާ ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މަހުލޫފް ވިދާޅުވީ ކިނބޫ ބޮލަށް ބަޑިޖެހި މީހާ އެވާހަކަތައް ކިޔާދޭން މިހާރު ބާކީ އޮތީ 12 ދުވަސް ކަމަށެވެ. މަހުލޫފް އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މިފަދަ ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމުގެ އިޝާރާތެކެވެ.

ރައީސް ޔާމީން ހާމުދުރުން (ފަންޑިތަވެރިން) ބުނެގެން ކޮށްފައިވާ ކަންކަން ކިޔައިދީ އަދީބު އަންގާރަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކިނބުލަށް ޒަހަރު ދީގެންވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާ ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި ކަމަށެވެ.

ޖަލުގައި އޮންނެވި އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރޭގައި ފަންޑިތަވެރިކަމާއި ޚުރާފާތާ ގުޅުން ހުރި ކަންތައްތަކެއް ހިންގެވި ކަމަށާއި އެފަދަ ބައެއް މީހުން ލައްވާ ކަންތައްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އަދީބު ވަނީ ކުރައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ހާމުދުރު ލައްވާ ރައީސް ޔާމީންގެ ދެއަތްތިލަ ބަލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެންކަމަށް ބުނެ ތަންފީޒު ކުރަންވީކަންކަމުގެ ލިސްޓެއް ދީފައިވާކަމަށް އަދީބު ގެ ބަޔާނުގައި ބުނެއެވެ. އެލިސްޓުގައި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކިނބޫ މަރާލުން ހިމެނޭއިރު، އާރަށުގައި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުކުޅު ހާތައް ވެސް މަރާލުމަށް ބުނެފައިވެއެވެ. އަދި ސަލްޓަން ޕާކު ކައިރީގައި ހުރި ބިނާ ނަގާ، އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލާ، ކަޅުވަކަރު މިސްކިތް ނަގާ އެތަން ކޮނެ، އެތާގައި ފަންޑިތަ ހަދާފައިވާ ކަމަށްބުނެ ފަންޑިތަ ބާތިލް ކުރުމަށް އަލިފާން އެންދި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް