Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިދިކޮޅު ޖަލްސާއަށް ޒުވާނުން ނުނިކުތުމުން ރަށްރަށުން މީހުން ގެނައި:ރައީސް

9 ސެޕްޓެމްބަރު 2018 | އާދީއްތަ 02:06

ޒުވާނުން ވަނީ ތަރައްޤީއާއެކުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 ސެޕްޓެމްބަރު 2018 | އާދީއްތަ 02:06
ރައީސް ޢަބްދުﷲ ޔާމީން

ރައީސް ޢަބްދުﷲ ޔާމީން

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "އިންސާފުގެ މަގަށް" ޖަލްސާއަށް ޒުވާނުން ނުނިކުތް ކަމަށާއި އެ ޖަލްސާއަށް މީހުން ގެނައީ ރަށްރަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ކަންކުރައްވަނީ ޒުވާނުންނަށްޓަކައި ޒުވާނުންނަށް ކަންކަން ފަހިކުރެއްވުމަށް ކަމަށެވެ. އެގޮތުން ޒުވާނުންނަށްޓަކައި ލައްކައަކާ ކައިރިއަށް ވަޒީފާތައް އުފެދިގެން ހިނގައްޖެ ކަމަށާއި އެތައް ބަޔަކަށް ވަޒީފާ ލިބިގެން ހިނގައްޖެ ކަމަށެވެ. ރައީސް މިހެން ވިދާޅުވިއިރު، އާ ވަޒީފާ އުފެއްދި ކަމަށް ސަރުކާރުން ބުނެފައި ވަނީ އެކި ފަހަރު އެކި އަދަދުތަކެވެ.

Advertisement - newsAdvertisement

ސަރުކާރުން ބުނާ އަދަދަށް ވަޒީފާ އުފެއްދިފައި ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ބައިވެރިވާން ޒުވާނުން ބޭނުމެއް ނުވި ކަމަށާއި އެހެންވެ، ޖަލްސާ ބޭއްވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން މާލެއަށް ގެނެސްގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޒުވާނުންނަށް އެބަވިސްނޭ ކަމަށާއި ޒުވާނުންގެ ކުރިމަގު ރަނގަޅުކޮށް ދިނީ ރައީސް ޔާމީންކަން އެޒުވާނުން ޤަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީޕީން އެ ބާއްވާ ޖަލްސާއަކީ މާލެއިން ޒުވާނުން ނުނިކުތީމާ، ރާއްޖޭގެ އެކި ހިސާބުން އެތައް ބަޔަކު ގެންގޮސްގެން ޖަލްސާ ބޭއްވީ،" ހުކުރު ދުވަހުގެ ރޭ "ބްރިޖް ސަޅި" ނަމުގައި ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްވުރެ އެތައް ގުނައެއް ގިނަކޮށް މީހުން ހާޒިރުވި، އިންސާފުގެ މަގަށް ޖަލްސާއަށް އިޝާރަތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް މީހުން ގެނައީ ރަށްރަށުން ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ޕީޕީއެމްގެ ޖަލްސާއަށް މީހުން ގެންގޮސްފައިވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނެވެ. އަދި ކައިރި ރަށްރަށުން ވެސް އެ ޖަލްސާއަށް މީހުން ގެނައެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް ބޭއްވުމަށް ތިން އަހަރަށް ފަހު ކާނިވާ ސަރަހައްދު ދޫކުރިއިރު، އެ ޖަލްސާއަށް ހުޅުމާލޭއިން އަންނަ މީހުންނަށް ދަތިކުރުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން ހުޅުމާލެ-މާލޭގެ ބަހުގެ ހިދުމަތް މެދުކަނޑާލި އެވެ. އަދި އަމިއްލަ ކާރާއި ޓެކްސީ އއި ޕިކަޕްތަކުގައި ވެސް ހުޅުމާލެއިން މާލެ އައުން މަނާކުރި އެވެ.

މިގޮތަށް ހުރަސް އެޅިޔަސް، ހޮނިހިރު ދުވަހު ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަކީ، 2013ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީން ބޭއްވި ބައެއް ޖަލްސާތަކަށް ފަހު މާލޭގައި އެންމެ ގިނަ މީހުން ހާޒިރުވި ޖަލްސާއަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް