Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ރޭސް 2018

ވެރިކަމުގެ ލައްޒަތަށް ޓަކައި ރައީސް ޔާމީން ހުންނެވީ ބާކީވެ ނިކަމެތިވެފައި: ރައީސް ނަޝީދު

ދިވެހިންނަށް ކަމުނުދަނީ މިސަރުކާރުގެ ކުންފުނިތަކުން އެހިންގާ ކޮރަޕްޝަނާއި ހިންގާ ވައްކަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 21:18
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ވެރިކަމުގެ ލައްޒަތާއި އަރާމަށްޓަކައި ރައީސް ޢަބްދުﷲ ޔާމީން ކުރެއްވި އަނިޔާގެ ސަބަބުން އެމަނިކުފާނުވަނީ ބާކީވެ ނިކަމެތިވެފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިން އަހަރަށްފަހު މާލޭގައި ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ގެންނަވާ ތަރައްޤީ ދިވެހި ރައްޔިތުންނަށް ކަމުނުގޮސްގެން ނޫޅޭ ކަމަށެވެ. ދިވެހިންނަށް ކަމުނުދަނީ ތެލުގެ ވަގުވިޔަފާރިއާއި ނާޖާއިޒް ވައްކަން ކަމަށެވެ. ދިވެހިންނަށް ކަމުނުދަނީ އިނގުމާއި އިންތިޒާމާއި ބެލުމާއި އިރުޝާދުގެ ދަށުން ގިނަ އަދަދުގެ ކަޅު ފައިސާ، ދިވެހިރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ދައުރު ކުރުވައި ހިންގެވި ޖަރީމާތައް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް ކަމުނުދަނީ މިސަރުކާރުގެ ކުންފުނިތަކުން އެހިންގާ ކޮރަޕްޝަނާއި ހިންގާ ވައްކަން ކަމަށާއި ދިވެހިންނަށް ކަމުނުދަނީ ޒަކާތުގެ ފައިސާއިންވެސް އަދި ރޯދަޔަށް ލިބޭ ކަދުރުކޮޅުންވެސް ނަންގަވާ ނާޖާއިޒް ފައިދާ ކަމަށެވެ.

ތަރައްޤީއަކީ ބޮޑުބިޔަ އިމާރާތެއް ނޫންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީއަކީ ޢާއިލާގެ އާމްދަނީ އިތުރުވުން ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އިތުރުވުން ކަމަށެވެ. ރައީސް ޔާމީންގެ ޒައާމަތުގައި ޤައުމީ އުފެއްދުންތެރިކަން ދިޔައީ އަހަރުން އަހަރަށް ދަށަށް ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ހުރީ 7.3 ޕަސެންޓްގައި ކަމަށާއި މިއަދު 2018 ވަނަ އަހަރު ހުރީ 6 ޕަސެންޓްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ލިބޭ އާމްދަނީ ދަށަށްގޮސް ބާޒާރުގައި ތަކެތީގެ އަގު ދިޔައީ މައްޗަށް ކަމަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރެވުނު ޚަރަދު ދިޔައީ މާބޮޑު ތަނުން ދަށަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް އަދި ދޮށީ އުމުރުގެ މީހުންނަށާއި މަސްވެރިންނަށް ދެވޭ ޕެންޝަން، ދެވޭ ރައްކާތެރިކަން ހިމާޔަތްކޮށްދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ކަށްވަޅަށް ދާންދެން ދައުލަތުން ބެލެހެއްޓޭ ބައެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުޅާލެވި ރާއްޖޭގެ ރައްޔިތުންނަށް މާ ތަނަވަސް ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ކަމުނުދަނީ އަދި މަނިކުފާނާ ދުރަށް ރާއްޖޭގެ ރައްޔިތުން ފެއަށް އެވަޑައިގަންނަވަނީ އަނިޔާވެރިކަމާހުރެ ކަމަށެވެ. އަދި މަނިކުފާނު ތިޔަ ހުންނަވަނީ ވެރިކަމުގެ ލައްޒަތާއި ވެރިކަމުގެ އަރާމަށްޓަކައި އަމިއްލަ ބޭބެ ހިފާ ހައްޔަރުކޮށްގެން ކަމަށާއި ބޮޑުބޭބެ ވިދާޅުވާ ދަރިން ހިފާ ހައްޔަރު ކުރައްވައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމިން ހުންނަވަނީ އެމަނިކުފާނު ނައިބު ރައީސުން، ވަޒީރުން ފުލުހުންގެ ވެރިން، ސިފައިންގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ހުރިހާވެރިން ހިފާ ހައްޔަރު ކުރައްވައިގެން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީންގެ އެކަމެއް ބަލައެއް ނުގަނެވޭ ކަމަށާއި އަނިޔާވެރިކަމުގެ ސަބަބުން ބޮޑުތަނުން ބަލިވާނެ ކަމަށެވެ. އަދި ނާޖާއިޒް ފައިދާ ނެންގެވުމުގެ ކޮރަޕްޓް ސަރުކާރު ހިންގެވުމުގެ ސަބަބުން، ދިވެހިރާއްޖެ ބާކީވެ ދާކަމަށެވެ. ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ރާއްޖެ ވަކިވާކަށް ދިވެހިން ނޭދޭ ކަމަށެވެ. ދިވެހިރާއްޖެ މިއޮތީ ލާމެހިފާވާ ދުނިޔެއެއްގައިކަން ދިވެހިންނަށް އެނގޭ ކަމަށާއި ދިވެހިންގެ ކުރިއެރުން އޮތީ ދުނިޔޭގެ އާއިލާތަކާއެކީގައި މަސައްކަތް ކުރީމާކަންވެސް ދިވެހިންނަށް އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިކޮށްފި ކަމަށާއި އީރާނާއި ޤަތަރާއެކު އޮންނަ ބައިނަލްއަޤްވާމީ ގުޅުން ކަނޑާލައިފި ކަމަށެވެ. އަދި މަނިކުފާނަކީ ސާދާ ސާފު ހުދުމުޚްތާރު ޑިކްޓޭޓަރެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަ ވެއްޖެ ކަމަށާއި މިއަދު ރައީސް ޔާމީން ތިޔަ ހުންނަވަނީ ނިކަމެތިވެ އެކަނިވެރިވެ ބަލިވެފައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން އުއްމީދުކުރީ ބާރުތައް ވަކިވެފައިވާ ސިޔާސީ ނިޒާމެއް ހޯދުމަށް ކަމަށާއި ވާދަވެރި ސިޔާސީ ނިޒާމެއް ރައްޔިތުން ހޯދައިގަތީ އަނިޔާވެރިކަމެއް ހޯދާކަށެއް ނޫން ކަމަށެވެ.

"މަނިކުފާނު ތިޔަ ހުންނެވީ ސުޕްރީމް ކޯޓުން ޓިނު ނަންގަވައިގެން އެތަނަށް އެރިވަޑައިގެން އެތަނުގެ ފަނޑިޔާރުން ހައްޔަރުކުރައްވައިގެން. މަނިކުފާނު ތިޔަ ހުންނަވަނީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދަވައިގެން އެތަން ހިސޯރު ކުރައްވައިގެން. މުސަތްޤިއްލު މުއައްސަސާތަކެއް އުފައްދަވައިގެން އެތަން ހިސޯރު ކުރައްވައިގެން. މުސްތަޤިއްލު މުއައްސަސާތަކެއް މިނިވަނެއް ނޫން. ދިވެހިރާއްޖޭގެ ވެރިކަން ތިޔަ ހުންނަވަނީ ގަޑުބަޑު ކުރައްވައިގެން ބަޣާވާތް ކުރައްވައިގެން. ދިވެހިންނަށް ހައްޤު މިނަވަރު އިރާދަކުރެއްވިއްޔާ އަނެއްކާވެސް ދިވެހިންނަށް ހޯދައިދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު