Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޕީޕީއެމްގެ 123 އެކްޓިވިސްޓަކު އޮފިޝަލުންނަށް ނަގާފައިވާ މައްސަލަ އެމްޑީޕީން ސަމާލުކަމަށް ގެނެސްފި

7 ސެޕްޓެމްބަރު 2018 | ހުކުރު 06:45

ވަގު އައިޑީކާޑު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 ސެޕްޓެމްބަރު 2018 | ހުކުރު 06:45
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ޕީޕީއެމްގެ 123 އެކްޓިވިސްޓުން ނަގާފައިވާކަން ފާހަގަވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ހުންނަވައި "ރާއްޖެޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މީހުން ޕީޕީއެމްގެ ހަރަކާތްތަކުގައި ނޫޅެވޭނެ ކަމަށާއި އިލެކްޝަންސްގެ އޮފިޝަލުން އަމަލު ކުރަންޖެހެނީ އެއްވެސް ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކުގައި ކަމަށެވެ.

Advertisement - newsAdvertisement

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާކުރެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"ގާނޫނީ ގޮތުން އެ ބޭފުޅުން އުފުލަންޖެހޭ ޒިންމާ އުފުލަންޖެހޭނެ. ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އިންތިހާބުގައި މިފަދަ އޮޅުވާލުންތަކެއް އޮޅުވާލާ ފަރާތްތައް ފިޔަވަޅު އެޅެމުންދާނެ. ޖިނައީ ކުށެއް އެބޭފުޅުން ކުރައްވަނީ. އެ ކުށުގެ އުގޫބާތަކީ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމް ވެސް އެބަހުރި،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ "ވަގު އައިޑީކާޑު" ހަދާފައިވާ ކަމުގެ ޝަކުވާ އެ ޕާޓީއަަށް ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ އިންތިމާޒުތައް އެމްޑީޕީން ފުރިހަމަ ކުރަމުންދާ ކަމަށެވެ. އެގޮތުން ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ އެމްޑީޕީގައި އެބަހުރި ކަމަށާއި ވަގު އައިޑީކާޑު ހަދައިގެން ވޯޓުލާ މީހުން ދެނެގަންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ވޯޓު ފޮށިތަކާ އެކު، އިތުރު ފޮށިތަކެއް ރަށްތަކަށް ފޮނުވަމުންދާ ކަމަށް ފާހަގަ ކުރައްވައި، ހަސަން ވިދާޅުވީ އިތުރަށް ވޯޓުފޮށިތައް ދިޔަ ރަށްތަކަކީ ކޮންބައިކަން އެނގޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ހިންގަން އުޅޭ ޖަރީމާއަށް އެމްޑީޕީ ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ އަޅުގަނޑުމެން ހުންނާނީ. މިހާރު ވެސް ފޮށި ބަދަލުކޮށްފި ނަމަ، ނުވަތަ ބަދަލު ކުރަން އުޅެއްޖެ ނަމަ، އެކަން ހުއްޓުވުމަށްޓަކާ ކުރަންޖެހޭ އިމްތިޒާމުތައް އަޅުގަނޑުމެން ވާނީ ރަށްރަށުގައި ކޮށްފައި. އަަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެއް ފޮށި ހުންނަންޖެހޭ ތަނަކަށް ދެ ފޮށި ގެންގޮސްގެން، އެ ވޯޓު ފޮށި ބަދަލުކޮށްގެން އިލެކްޝަންސް ކޮމިޝަނުން އެ ޖަރާިމާ ހިންގަން އިލެކްޝަންސް ކޮމިޝަނުން އުޅުއްވާފިއްޔާ އެކަން ހުއްޓުވުމަށްޓަކާ، އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ކުރަންޖެހޭ އިންޔިޒާމުތައް މިހާރު އެ ރަށްރަށުގައި އަޅުގަނޑުމެން ވާނީކޮށްފައި،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް