Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިންވެސް ދީފި

6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 20:28

ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް ފިޔަވަޅު އަޅާތީ އެމެރިކާއިން ކަންބޮޑުވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 20:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މިނިވަން އިންތިޚާބަކަށް ހުރަސް އަޅައި، ޤާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅާ ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު، ޑިމޮކްރަސީގައި ރާއްޖެއިން ފަހަތަށް ފިޔަވަޅު އަޅާތީ އެމެރިކާއިން ކަންބޮޑުވާކަމަށެވެ.

އެމެރިކާގެ ބަޔާނުގައި ސިޔާސީ ހައްޔަރީން މިނިވަންކުރުމަށާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާފައިވެއެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށާއި ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، އިންސާނީ އަދި އަސާސީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތް ނިންމޭނެފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މަގު ފަހިކުރުމަށް ދިވެހި ސަރުކާރަށް އެމެރިކާ ސަރުކާރުން ގޮވާލާފައިވެއެވެ.

މިނިވަން އިންސާފުވެރި އިންތިޚާބެއްގެ މުހިއްމުކަމުގެ ވާހަކަ އެބަޔާނުގައި ފާހަގަކޮށްފައިވާއިރު، ރާއްޖެއިން ޑިމޮކްރަސީގެ މަގަށް އަނބުރާ ނައިސްފިނަމަ، ޑިމޮކްރަސީ ނައްތާލައި، ޤާނޫނުގެ ވެރިކަން ކުރުމަށް ހުރަސް އަޅައި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ވަނީ އިންޒާރު ދީފައެވެ.

ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން 28 ޤައުމުން ނިންމައި، އެފިޔަވަޅުތައް އެޅުމުގެ އޮނިގަނޑު ވަނީ ފާސްކޮށްފައެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން އެޤައުމުތަކާއި ގުޅިފައިވާ ޤައުމުތަކުންވެސް މިފިޔަވަޅުތައް އެޅުމުގައި ބައިވެރިވާނެކަމަށް ބެލެވެއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ސަރުކާރަށް ދީފައިވަނީ ކޮޅުނބުގައި ހުންނަ އެމެރިކާ އެމްބަސީގެ ލިޔެކިޔުންތަކެއްކަމަށް ބުނެ، ސަރުކާރުގެ މީޑިއާއާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އިސްވެރިން ފަތުރާފައިވާ ލިޔުންތަކަކީ ފޭކު އެއްޗެއްކަމަށް އެމެރިކާ އެމްބަސީއިން ބުނުމުންވެސް ސަރުކާރުގެ މީޑިއާއިން އެވާހަކަ ފަތުރައި، ވެރިކަންކުރާ ޕާޓީގެ މެމްބަރުން އެވާހަކަ ފަތުރަމުން ދަނިކޮށެވެ. އެމެރިކާ އެމްބަސީއިން އެކަން ސިފަކޮށްފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބަޔަކު ކުރަމުންދާ ކަމެއްގެ ގޮތުގައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
02 މާރިޗު 2017

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
01 މާރިޗު 2017

ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!

01 މާރިޗު 2017
ވަޅިހަރައި މަރާލާނެ ކަމުގެ އިންޒާރުދިންތާ ފަސް ދުވަސް ވީއިރު ވެސް އެމީހާ ހައްޔަރެއް ނުކުރެވުނު!
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް