Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުފުޅު ފަންޑު

ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ހުސެއިން ރަމީޒު އާއި، އެބުފުޅާގެ އާއިލާއިން އެހީވެއްޖެ

6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:17

ރާއްޖެޓީވީއަށް މިއަދު އެހީވުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު މަސައްކަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 18:17
ހުސެއިން ރަމީޒުގެ އާއިލާއިން އަބުރުފުޅު ފަންޑަށް އެހީވަނީ.. ފޮޓޯ: ރާއްޖެއެމްވީ

ހުސެއިން ރަމީޒުގެ އާއިލާއިން އަބުރުފުޅު ފަންޑަށް އެހީވަނީ.. ފޮޓޯ: ރާއްޖެއެމްވީ

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ހުސެއިން ރަމީޒު އާއި، އެބުފުޅާގެ އާއިލާއިން އެހީވެއްޖެއެވެ.

ހުސެއިން ރަމީޒުއާއި، އެބޭފުޅާގެ އާއިލާ ބޭފުޅުން ރާއްޖެޓީވީއަށް ބުދަ ދުވަހު ހަވީރު އައިސް، ފައިސާ ވަނީ ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓަށް ލާފައެވެ. އަބުރުފުޅު ފަންޑަށް އެހީވުމަށްފަހު ހުސެއިން ރަމީޒު ބުނީ ރާއްޖެޓީވީއަށް މިއަދު އެހީވުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި، ކުރާ މަސައްކަތުގެ އެއްބައި ގުޅިފައި އޮތީ ރާއްޖެޓީވީއާ ކަމަށެވެ.

Advertisement - newsAdvertisement

ރަމީޒު ބުނީ މިސަރުކާރުން މީޑިއާ އަށް ކުރިމަތިކުރުވާ ދުށްތުރާތަކަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޖޫރިމަނާ ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ތިން މިލިއަނުން ހަތަރު މިލިއަނަށް ރައިގެން މިދަނީ. އެވަރުވީމަ މިއީ ތަންކޮޅެއް ބޮޑު ވަރު އެނގޭތޯ .ދެން އަޅުގަނޑުމެން ހިތުގައި ހުރި ހުރިހާ އެއްޗެއް ކިޔަންވެއްޖެ ނަމަ ހުރިހާ އެއްޗެއް ނުވެސް ކިޔޭނެ. އަޑު އަހާ މީހުންގެ ކަންފަތުގައި ވެސް އަތް އަޅަން ޖެހިދާނެ.އެހުރިހާ އެއްޗެއް ކިޔާކަށް ބޭނުމެއް ނޫން." ރަމީޒު ބުންޏެވެ.

ރަމީޒު ބުނީ ހަށިގަނޑުގައި ލޭ ހިނގާ ހުރިހާ ދުވަހު ރާއްޖެޓީވީ ހުއްޓުނަ ނުދޭނެ ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މިސްޓޭޝަން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ރާއްޖެޓީވީއަކީ ދެފުށް ފެންނަ ގޮތަށް ޚަބަރާއި މައުލޫމަތު ގެނެސްދޭ ހަމައެކަނި ސްޓޭޝަންކަން ފާހަގަކޮށް ރަމީޒު ބުނީ ވަކި ބަޔަކު ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ވަކިއަތަކަށް ނުޖެހޭ ޓީވީއަކީ ރާއްޖެޓީވީ އޭ އަޅުގަނޑު ދަންނަވާނީ. މީހުން ކޮންމެ ފަދަ ވާހަކައެއް ކޮންމެ އެއްޗެކޭ ކިޔަސް އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖެޓީވީ ބަލާމީހެއް. އަޅުގަނޑަށް ފެނޭ ރައީސް ޔާމިން ތަނަކަށް ވަޑައިގެންނެވި ނަމަވެސް ދައްކާނެ. އެވަރިހަމަ ރައީސް ޔާމިން ހަދުމަފުޅު ނެތިގެން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް. އެކަން ރާއްޖެޓީން ދައްކާނެ." ރަމީޒު ބުންޏެވެ.

މީގެ އިތުރުން ރަމީޒު ބުނީ ރާއްޖެޓީވީ އަކީ ރައްޔިތުންގެ އެންމެ މަގުބޫލު ސްޓޭޝަން ކަމަށާއި، ރާއްޖެޓީވީން ދައްކާ އިޝްތިހާރުން ވެސް ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށެވެ. ރާއްޖެޓީވީން އެންމެ ފަހަރަކު ދެއްކުމާއި، އެހެން ސްޓޭޝަންއަކުން 10 ފަހަރަށް ދައްކައިގެން އަޅާ ނުކިޔޭނެ ކަމަށް ރަމީޒު ބުންޏެވެ.

ހުސެއިން ރަމީޒުގެ އާއިލާއިން ދިން އެހީތެރިކަން ފާހަގަކުރަމުން ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފިޔާޒު ވިދާޅުވީ ރާއްޖެޓީވީއަށް ކުރިމަތިކުރުވާ ދުށްތުރާތަކުން ސަލާމަތްވެވެނީ ރައްޔިތުން ދިއްކޮށްލާ ދީލަތި އެހީތެރިކަމުން ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތުގައި ދެމިހުރުމަށް ލިބޭ ހިތްވަރަކީ ވެސް ރައްޔިތުން ދެމުންދާ ހިތްވަރު ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

29 މާރިޗު 2017

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

29 މާރިޗު 2017
ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ
26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
14 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް އެމްޑީޕީގެ ލީޑަރޝިފުން އެހީދެއްވައިފި

14 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް އެމްޑީޕީގެ ލީޑަރޝިފުން އެހީދެއްވައިފި
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
12 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ

12 މާރިޗު 2017
 ރާއްޖެޓީވީ އަބުރު ފަންޑަށް ފައިސާ ހޯދަން ހިންނަވަރު ރައްޔިތުން މަހަށް ދަނީ
11 މާރިޗު 2017

އަބުރު ފަންޑަށް ދަނީ ތަރުހީބު ލިބެމުން!

11 މާރިޗު 2017
އަބުރު ފަންޑަށް ދަނީ ތަރުހީބު ލިބެމުން!
09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް