Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައިދީންގެ އަދަބު ލުއިކޮށްދިނު

ޤައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ނިންމަވައިފި

6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:08

އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ ޣައިރު ހާޒިރުގައި ހުކުމްކުރެވިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސްގެ އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 10:08
މާފުށީ ޖަލު: ޤައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި

މާފުށީ ޖަލު: ޤައިދީންގެ އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި

އެ މީހެއްގެ ޣައިރު ހާޒިރުގައި ޙުކުމްކުރެވި، އިތުރު ކުށެއް ނުކޮށް، ފަސް އަހަރުވެފައިވާ މީހުންނަށް ކްލެމެންސީގެ ފުރުސަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ ޣައިރު ހާސިރުގައި ހުކުމްކުރެވިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސްގެ އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ރައީސް އޮފީހުން ބެލިއިރު، އެފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމައުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުސަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މި ފުރުސަތުގެ ދަށުން މައާފު ދޭން ހަމަޖެހިފައި ވަނީ މިހާރު ކުށުން ދުރުގައި ފަސް އަހަރު ހޭދަކޮށް، އާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ޤައުމަށް ފައިދާކުރަނިވި ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށެވެ.

މިގޮތަށް ހަމަޖެއްސެވި ނަމަވެސް މި ފުރުސަތުގެ ދަށުން، މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް އެމީހެއްގެ މައްޗަށް ކޮށްފައިވާ މީހަކަށް ފުރުސަތެއް ލިބިނުދެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ މައާފް ލިބުނު މީހުންގެ އަދަދު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މީހުންގެ އަދަދުގެ ތަފްސީލް ލިބިވަޑައިގަތުމުން އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވިފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށް ފަހުއެވެ.

ރައީސް ޔާމީން ކުށްވެރިންގެ އަދަބު ލުއިކޮށްދެއްވުމަށް ނިންމަވާފައިވާއިރު މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބައެއް ޝަރުތުތައް ލުއިކޮށް، އެ ޤަވާއިދު ރައީސް އޮފީހުން ވަނީ އޮގަސްޓް 15 ވަނަ ދުވަހު ބަދަލުކޮށްފައެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ޖިނާއި ކުށެއްގެ މައްސަލާގައި ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ ނަމަ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އަކަށް ނުވެފައި ދައުވާ އުފުލި ތާރީހުން ފެށިގެން ހުކުމް ނުކުރެވި މީލާދީ ގޮތުން އެއް އަހަރު ފާއިތުވެއްޖެ ނަމަ އެ މީހަކީ އެ ކުށުގެ އަދަބަށް ލުއި ލިބުމަށް ޝަރުތު ހަމަވާ މީހެއް ކަމަށެވެ.

މިއީ މި ޤަވާއިދަށް އިސްލާހު ގެނައި 3 ވަނަ ފަހަރެވެ.

ރައީސް އޮފީހުން މިކަން އިއުލާނުކުރުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ބަޔަކު ޖަލުން ދޫކޮށްލާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި މާލޭގެ މަގުތަކުގައި ބޮޑެތި ގޭންގް މާރާމާތީތައް ހިންގައި މީހުން މަރަމުންދާއިރު ފާޅުގައި ފޭރުމާއި ވައްކަންތައް ކުރުމުގެ އިތުރުން އޮޅުވާލައިގެން ސަލާން ޖަހައިގެން މީހުން އަތުން ފައިސާ ހޯދުމާއި އޭޓީއެމް ފަދަ ތަންތަނަށް ވަންނަ މީހުންނަށް އަމާޒުކޮށްގެން އެ މީހުން އަތުން ފައިސާ ހޯދުން ފަދަ ކުށްތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް