Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަރުވާގެ ވަގު ލިޔުމުގެ މައްސަލަ

ފަރުވާ ފުރިހަމަކުރިކަމުގެ ލިޔުން ދޫކުރިކަމުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ތުހުމަތާއެކު މައްސަލަ ތަހުގީގުކުރަނީ

މައްސަލައިގެ ތަހުގީގަށް ބޭނުންވާ ބައެއް ލިޔެކިޔުންތަކާއި، ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 މާރިޗު 2024 | އަންގާރަ 10:55
އެންޑީއޭގެ އިސް މުވައްޒަފުންތަކެއް ވަގު ލިޔުންތައް ހަދާ މަނީ ލޯންޑަރުކުރިކަމުގެ ތުހުމަތުވަނީ ކޮށްފައި

އެންޑީއޭގެ އިސް މުވައްޒަފުންތަކެއް ވަގު ލިޔުންތައް ހަދާ މަނީ ލޯންޑަރުކުރިކަމުގެ ތުހުމަތުވަނީ ކޮށްފައި

ނެޝަނަލް ޑްރަގް އެޖެންސީން ފަރުވާ ފުރިހަމަކުރިކަމުގެ ވަގު ލިޔުން ދޫކުރިކަމުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ތުހުމަތާއެކު މައްސަލަ ބަލަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން ދެމުންދާ ފަރުވާގެ އެސެސްމަންޓް ރިވިއުކުރުމުގައި އެޖެންސީގެ ބައެއް އިސް މުވައްޒަފުންނާއި، އިތުރު ބަޔަކު ގުޅިގެން އެންޑީއޭގެ ލެބޯޓަރީން ހަދާ ޓެސްޓްތައް ނަތީޖާ އޮޅުވާލާ ފަރުވާ ފުރިހަމަ ކުރަންޖެހޭ މީހުން ފަރުވާ ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް އަދި ފަރުވާ ފުރިހަމަކުރަންޖެހޭ މުއްދަތު ކުރުކޮށް މުޖްތަމައުއަށް ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފަރުވާ ފުރިހަމަކުރަންޖެހޭ މީހުން އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދާ، ގިނަ އަދަދެއްގެ ފައިސާ ލޯންޑަރ ކުރެވޭކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ލޯންޑަރުކުރި ކަމަށް ތުހުމަތުކުރާ ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.

އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައި ވާއިރު، ލިބިފައިވާ މައުލޫމާތާއެކު 6 ފެބްރުއަރީން ފެށިގެން މި މައްސަލައިގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި މައްސަލައިގެ ހިމެނޭ 2 މީހަކު ދިރިއުޅޭ 3 ތަނާއި، މާލޭގައި ހުންނަ އެންޑީއޭގެ ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ދެ މުވައްޒަފުން ހައްޔަރުކުރިކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ދެ މުވައްޒަފުންނާއި މެދު ފިޔަވަޅު އެޅިކަމެއް އަދި ނާޅާކަމެއް ވެސް ނޭނގެއެވެ.

ފަރުވާ ނިމުނު ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ވިޔަފާރި އުސޫލުން ވިއްކުމުގެ ތުހުމަތުގައި އެންޑީއޭގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު، އެންޑީއޭއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު