ކ. މާލެ
|
6 ސެޕްޓެންބަރ 2018 | ބުރާސްފަތި 08:51
ހިންނަވަރު ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ހިންނަވަރު ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ހިންނަވަރު ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
 
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
 
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު

ޅ. ހިންނަވަރުގައި ކުރިން ކުނި އެޅުމަށް ބޭނުންކުރި ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.

އެ ހާދިސާގެ ރިޕޯރޓް ޅ. ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ދަންވަރު 3:23 ހާއިރުއެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއިއެކު ފަޔަރމަނުން ގޮސް އަލިފާންގަނޑު ނިއްވާލި އެވެ. އެކަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށިން ވެސް ސިފައިންގެ ޓީމެއް ހިންނަވަރަށް ގޮސް ހަރަކާތްތެރިވެފައެވެ.

ގޮނޑުގައި ރޯވި އަލިފާންގަނޑު ފެތުރުނަނުދީ ފެން ޖަހައިގެން ކޮންޓްރޯލްކޮށްފައި ވަނީ ފަތިހު 5:00 ހާއިރުއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގޮނޑުގެ ފާރަށާއި ކައިރީގައި ހުރި ބައެއް ގަސްގަހަށް އަލިފާނުގެ އަސަރުވަނީ ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް