Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ފުލުހުންނަށް ތައުރީފު ކުރައްވަމުން، ހުވަދޫ ދަތުރުފުޅު އިބޫ ނިންމަވާލައްވައިފި

3 ސެޕްޓެމްބަރު 2018 | ހޯމަ 14:47

މީހުން ދިރިއުޅޭ 18 ރަށަކަށް އިބޫ ވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 ސެޕްޓެމްބަރު 2018 | ހޯމަ 14:47
އިބޫގެ ހުވަދު ދަތުރުފުޅުގެ އަމަން ބެލެހެއްޓެވުމަށްޓަކާ ފުލުހުން ހަރަކާތްތެރިވަނީ

އިބޫގެ ހުވަދު ދަތުރުފުޅުގެ އަމަން ބެލެހެއްޓެވުމަށްޓަކާ ފުލުހުން ހަރަކާތްތެރިވަނީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވަދޫ އަތޮޅުގެ 18 ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުލުހުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައި، ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އިބޫ ފެއްޓެވި ހުވަދޫ ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ދަތުރުފުޅު ނިންމާލެއްވީ ހޯމަ ދުވަހުގެ ހަވީރު، މަޑަވެލިންނެވެ.

Advertisement - newsAdvertisement

މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ އެހީތެރިވި ފުލުހުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި ފުލުހުން އަދާކޮށްފައި ވަނީ އެބޭފުޅުންގެ ދައުރު ކަމަށެވެ. ދެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އެއީ ގއ. ވިލިނގިލީގައި ބޭއްވި ހުވަދޫ ބޮޑު ޖަލްސާގައްޔާއި މަޑަވެލީގައި ބޭއްވި ޖަލްސާގައެވެ.

އިބޫ ހުވަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ރަށްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވީ 30 ވަރަކަށް ފުލުހުންނެވެ. ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުން ވެސް ހިމެނޭ ގޮތަށް އެ ޓީމުން ވަނީ އިބޫ ވަޑައިގެންނެވި ކޮންމެ ރަށެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ހުވަދޫގެ ކޮންމެ ރަށަކަށް އިބޫ ވަޑައިގެންނެވުމުގެ ކުރިން އެ ފުލުހުން ވަނީ އެ ރަށްތަކަށް އަރައި، ހަމަނުޖެހުމަށް މަގުފަހިވާނެ ކަންކަން ހުއްޓުވާފައެވެ. އެގޮތުން އިބޫ ވަޑައިގަންނަވާ ވަގުތު ޖަގަހަތަކުން ލަވަ ޖެހުން ހުއްޓުވައި، ޕީޕީއެމް ޖަހަގަތަކުން މީހުން ނުކުމެ، އިބޫގެ ދަތުރުޅަށް ހުރަސް އަޅާފާނެތީ ބައެއް މަގުތައް ބަންދުކޮށް ކޯޑަންކޮށްފައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ހުވަދޫއަށް އިބޫ ފެއްޓެވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ގއ. އަތޮޅުގެ ނުވަ ރަށަކަށާއި ގދ. އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގެންފައިވެއެވެ. ހުވަދޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިބޫ ވަޑައިގެންނެވިއިރު، ގުޅިފައިވާ ޕާޓީތަކުން ދެން ވަޑައި ނުގަންނަވާ ހަމައެކަނި އަތޮޅަކީ ހއ. އަތޮޅެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް