Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މަހުލޫފް އީސީއަށް: ރަށްރަށަށް އިތުރަށް ވޯޓު ފޮށި ފޮނުވާ ސަބަބު ރައްޔިތުންނަށް ސާފުކޮށްދެއްވާ!

1 ސެޕްޓެމްބަރު 2018 | ހޮނިހިރު 14:38

ރަށްރަށަށް އިތުރަށް ވޯޓު ފޮށި ދަނީ ފޮނުވަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 ސެޕްޓެމްބަރު 2018 | ހޮނިހިރު 14:38
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްރަށަށް އިތުރަށް ވޯޓު ފޮށި ފޮނުވަމުންދާ ސަބަބު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.

އިތުރު ވޯޓު ފޮށި ފޮނުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮވުން ފާޅުކުރައްވައި މަހުލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދެ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެއްގައި އެއްބުރުން ނަތީޖާ ނެރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒަކަށް އިތުރު ވޯޓު ފޮށްޓެއް ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ހަމައެހެންމެ މީގެކުރިން އިންތިޚާބުތަކުގައި ދެބުރަށް ވޯޓުލާން ޖެހުނުއިރުވެސް ވޯޓުލާ މަރުކަޒުތަކަށް އިތުރަށް އެންމެ ވޯޓު ފޮށްޓެއްވެސް ފޮނުވާފައި ނުވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ވޯޓު ފޮށިތަކާ ރަށްރަށުން ހަވާލުވާ ފަރާތްތައް ޕީޕީއެމްގެ ޓީޝާޓް ލައިގެން ތިބޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔުމަކީ މިހާރުވެސް މިއިންތިޚާބުގެ މިނިވަންކަން ގެއްލި، އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ގެއްލިފައިވާކަމުގެ މިސާލެއް ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓެއް ލައިގެން ހުރި މީހަކު ރިޔާސީ އިންތިހާބަށް ތ. ގުރައިދޫއަށް ފޮނުވި ވޯޓް ފޮށިތަކެއް އުފުލަނީ

މީގެއިތުރުން އިތުރަށް ވޯޓު ފޮށިތައް ފޮނުވުމަކީ އީސީގެ އިތުރު ޕްލޭނެއް އޮތްކަން ހާމަވާ ކަމެއް ކަމަށާއި، އެހެންކަމުން މިގޮތަށް އީސީއިން ކަންކަން ކުރަމުންދަނީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް މަހުލޫފް ވަނީ އީސީއަށް ގޮވާލައްވާފައެވެ.

ރިޔާސީ އިންތިހާބަށް ފޮނުވި ބައެއް ވޯޓް ފޮށިތައް

ހަމައެހެންމެ މަހުލޫފް ވަނީ މިފަހަރު ވޯޓު ފޮށިތަކާއެކު އިމަރޖެންސީ ލައިޓް ފޮނުވާފައި ނުވާތީވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ވޯޓު ގުނާ ވަގުތު ސަރުކާރުން ގަސްތުގައި ކަރަންޓު ކަނޑާލާނެކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވޯޓު ގުނާ މަރުކަޒުތަކަށް އެކަށީގެންވާ އަދަދަށް އިމަރޖެންސީ ލައިޓް ފޮނުވުމަށް މަހުލޫފް ވަނީ އީސީއަށް ގޮވާލައްވާފައެވެ. ވޯޓު ގުނާ ވަގުތު ކަރަންޓު ކަނޑާލިޔަސް އިމަރޖެންސީ ލައިޓް ބޭނުންކޮށްގެން ސަލާމަތްތެރިކަމާއެކު އަދި ޝައްކު ނުއުފެދޭގޮތަށް ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީކަންވެސް އިލެކްޝަން ކޮމިޝަނުން ރައްޔިތުންނަށް ދެއްވުމަށް ވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.

ވޯޓު ފޮށިތައް ބަންދުކުރާ ވަގުތަކީ ހަވީރު 4:00 ކަމުން ހުރިހާ ރައްޔިތުން ވެސް ވީއެންމެ ހެނދުނާ ވަޑައިގެން ވޯޓު ދެއްވާ، އިރުގެ އަލިކަން ހުއްޓައި ވޯޓު ފޮށިތަށް ބަންދުކޮށް، ވޯޓު ގުނުމަށް ފުރުސަތު ލިބޭގޮތަށް އެއްބާރުލުން ދެއްވުމަށް މަހުލޫފް ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށްރަށުގެ އިންޖީނު ގެތައް ވެސް ވޯޓު ފޮށިތަކޭ އެއްގޮތަށް ބެލެހެއްޓުމަށާއި ފުލުހުންނާއި ސިފައިން ވެސް އެފަދަ ޖަރީމާއެއް ހިންގުމުގެ ފުރުސަތު ނުދިނުމަށް މަހުލޫފްގެ ބަޔާނުގައި ވަނީ ގޮވާލައްވާފައެވެ.

އިންތިޚާބު އޮޅުވާލުމަށް އީސީގެ ބައިވެރިވުމާއެކު ހިންގަމުންދާ ޖަރީމާތައް ހުއްޓާލައި ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓު ދިނުމުގެ ފުރުސަތު ދިނުމަށްވެސް މަހުލޫފް ވަނީ ގޮވާލައްވާފައެވެ.

މަހުލޫފްގެ މި ބަޔާނާއި ގުޅިގެން އީސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް