އެމްއެމްއޭ ކައިރިން މީހެއްގެ ކަރަށް ވަޅި ހަރައިފި
31 އޯގަސްޓު 2018 | ހުކުރު 16:29ވަޅި ހަރާފައިވަނީ މިރޭ 7:15 ހާއިރު


މަގުމައްޗަށް ލޭ އެޅިފައި
އެމްއެމްޔޭ ކައިރިން މީހެއްގެ ކަރަށް ވަޅިހަރައިފިއެވެ.
އެސަރަހައްދުގައި ރާއްޖެއެމްވީއަށް މައުލޫމާތު ދިން މީހާ ބުނީ ވަޅި ހެރީ މިރޭ 7:15 ހާއިރު ކަމަށެވެ. ވަޅި ހަރާފައިވަނީ އެމީހާގެ ކުރިމަތިން އައިސް ކަރުގެ މެދަށް ކަމަށެވެ. އެވަގުތު އެމީހާ އެތަނަށް ވެއްޓުނު ކަމަށާއި، ނޭވާ ނުލެވިގެން ތެޅި ގަތްކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
އެސަހައްދުގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ ޓްރެފިކް ޕޮލިހުންނާއި އާންމުންގެ އެހީތެރިކަމާއެކު އޭޑީކޭއަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. މިމާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ވަޅި އެރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ
މިމަހުގެ ފަހުކޮޅު މާލެއާއި، ހުޅުމާލޭގައި މާރާމާރީތައް ހިންގުން މިވަނީ އާންމުވެފައިއެވެ. މިމަހު 28 ވަނަ ދުވަހުގެ ރޭމާފަންނު ކޮޅުގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައެވެ.






