Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި

31 އޯގަސްޓު 2018 | ހުކުރު 13:51

މައްސަލަ ބަލަނީ އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލާއި ޚިލާފުވެފައިވާކަމަށް ބުނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 އޯގަސްޓު 2018 | ހުކުރު 13:51
ރާއްޖެޓީވީ - އެނެއްކާވެސް ރާއްޖެޓީވީގެ މައްސަލައެއް ކޮމިޝަނުން އަންނަނީ ބަލަމުން

ރާއްޖެޓީވީ - އެނެއްކާވެސް ރާއްޖެޓީވީގެ މައްސަލައެއް ކޮމިޝަނުން އަންނަނީ ބަލަމުން

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުދޭކަމަށް ބުނެ ރާއްޖެޓީވީގެ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ރާއްޖެޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ރާއްޖެޓީވީން ވަގުތު ދިނުމަށް ހަމަޖެހިފައިވާގޮތް "އިންތިހާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" އާއި އެއްގޮތްވާ ގޮތުގެމަތިން އިއުލާންކޮށްފައިނުވާކަމަށް ބެލެވޭތީ ކޮމިޝަނުން މައްސަލައެއް ބަލަމުންގެންދާކަމަށެވެ. އަދި 2 ސެޕްޓެމްބަރުގެ ހެނދުނު 11:00 އަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހާޒިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް އަންގާފައިވާއިރު، މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބެލުމަށްފަހު މައްސަލަ ނިންމާނެކަމަށްވެސް ސިޓީގައި ރާއްޖެޓީވީއަށް އަންގާފައިވެއެވެ.

Advertisement - newsAdvertisement

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި "އިންތިހާބީ ކެނޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާއިބެހޭ އުސޫލް" ބައެއް މާއްދާތައް ވަނީ ހިމަނާފަ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުން ވެސް ވަގުތު ވިއްކާ ނަމަ، ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ޤާނޫނުގެ ދަށުން އާންމުކުރި އުސޫލުގައިވާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ހާއްސަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިއުލާންކުރަން ޖެހެއެވެ.

ރާއްޖެޓީވީގެ އިތުރު މައްސަލައެއް ބަލަން ފަށާފައިވާއިރު، ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ދެއްކުމުގެ މަސައްކަތް ސްޓޭޝަނުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ވުޖޫދަށް ގެނައި ޤާނޫނުގެ ދަށުން ރާއްޖެޓީވީ މިހަތަނަށް 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ބްރރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ރާއްޖެޓީވީ ނައްތާލުމަށް ފުލުފުލުގައި މަސައްކަތްކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް