Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އެބައޮތް: އެޗްއާރްސީއެމް

ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޯގަސްޓު 2018 | ބުރާސްފަތި 17:49
ކެމްޕޭންގެ ތެރެއިން، އިބޫގެ ކެމްޕޭނަށް ބަޔަކު ހުރަސްއަޅަނީ

ކެމްޕޭންގެ ތެރެއިން، އިބޫގެ ކެމްޕޭނަށް ބަޔަކު ހުރަސްއަޅަނީ

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް މިވަގުތު ރާއްޖޭގައި ޤާއިމުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އެ ކޮމިޝަންގެ ފަރާތުން ކުރެވުނު މަސައްކަތުގެ އަލީގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ފެންނަ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

Advertisement - newsAdvertisement

މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ކަށަވަރު ކުރުމުގެ ގޮތުން، އެ ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް ކޮމިޝަނުން ބުނީ އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން އިންތިޚާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، ވޯޓުލާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާ އަދި އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރޭވިފައިވާ ކަމަށާއި އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތްތަކާއި، އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީޑީއާގެ އެކި ވަސީލަތްތައް މޮނިޓަރކުރުމާއި، ކަމާގުޅުން ހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމާއި، އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ އަދި ކޮމިޝަނަށް ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ހައްލު ކުރެވިފައިވާ ކަމަށެވެ.

މިނިވަން އިންސާފުވެރި މާހައުލެއް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ އަދި އަމިއްލަ ފަރުދުން މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށާއި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ފިތުނަ ފަސާދަ އުފެދޭނެ ގޮތަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިވަން އިންސާފުވެރި އިންތިހާބެެއް ބޭއްވުމުގެ މާހައުލެއް އެބައޮތްކަމަށް އެޗްއާރުސީއެމުން ބުނެފައިވާއިިރު، ކެމްޕޭން ހަރަކާތެއްގައި އުޅުއްވަނިކޮށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލާދޭން މަސައްކަތްކޮށްފައިވެއެވެ. އަދި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު