Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

ޤައުމު ލޫޓުވާފައި ބޭރުން ހޯދޭނެ ހިމާޔަތެއް ނޯންނާނެ: އަހުމަދު އަބްދުﷲ

މި ސަރުކާރުގައި ތިބި އަނިޔާވެރިންނަށް ބޭރު ޤައުމުތަކުން ހިމާޔަތެއް ނުދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އޯގަސްޓު 2018 | ހޯމަ 02:36
އެމްޑީޕީގެ ޗެއަރޕަރސަންގެ ނާއިބު އަހުމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ޗެއަރޕަރސަންގެ ނާއިބު އަހުމަދު އަބްދުﷲ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ދުނިޔޭގެ އެކި ޤައުމުތަކުން ޑިމޮކްރޮސީ އަށް މަސައްކަތްކުރާ މީހުންނަށް ހިމާޔަތް ދިނަސް, ޤައުމު ލޫޓުވާލާ މީހުން ލިބޭނެ ހިމާޔަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނާއިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ސަރުކާރުގައި ތިބި އަނިޔާވެރިންނަކަށް ބޭރު ޤައުމުތަކުން ހިމާޔަތް ނުދޭނެ ކަމަށާއި މި ސަރުކާރުގައި ތިބި ވަޒީރުންނާއި ސަރުކާރުގެ ހިމާޔަތުގައި ނިކުމެވަޑައިގެން ތިއްބެވި ބޭފުޅުންނަކީ މިއަދު ވެސް ދުނިޔޭގެ ޤައުމުތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ތިބި ބޭފުޅުން ކަމަށެވެ.

Advertisement - newsAdvertisement
"އެބޭފުޅުންނަށް ހީވަނީ ޑިމޮކްރަސީއަށްޓަކައި މަސައްކަތްކޮށް އަމިއްލައަށް ބައެއް ބޭފުޅުންނަށް ޤައުމުތަކުން ހިމާޔަތްދިނީމަ މި ސަރުކާރުގައި ތިބި އަނިޔާވެރިންނަށް ހިމާޔަތް ދީފާނޭ، ނުދޭނެ، މި ސަރުކާރުގައި ތިބި ގިނަ ވަޒީރުންނާއި އަދި މި ސަރުކާރުގެ ހިމާޔަތުގައި ނިކުމެވަޑައިގެން ތިއްބެވި ގިނަ ބޭފުޅުންނަކީ މިއަދު ވެސް ދުނިޔޭގެ ޤައުމުތަކުން ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ތިބި ބޭފުޅުން، މިއަދު އެބޭފުޅުން އާރާ ބާރުގައި ތިބި އިރުވެސް އެ ތިބީ ފިޔަވަޅު އަޅަން ނިންމާފައި" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ތިބީ ސަރުކާރުގެ އަޅުވެތިކަމުގައިކަން ފާހަގަކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ އެބޭފުޅުންނަށް ޤާނޫނާއި އުސޫލާއި ހަމަތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރެވޭނެ ފުރުސަތެއް ނެތް ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފުރުސަތެއް ވެސް އެ ކޮމިޝަނަށް މިއަދު ނެތް ކަމަށެވެ.

އަހުމަދު އަބްދުﷲ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ޤަބޫލު ކުރާ ކަމަށާއި އޮޅުވާލައިގެން ވޯޓުން ވައްކަން ކޮށްގެން ބޭއްވޭ އިންތިހާބެއް ކާމިޔާބު ކޮށްގެން ތިމަންނާ މިހިރީ ވެރިކަމުގަޔޭ ބުންޏަސް އެ ބުނުން އެއްވެސް ޤައުމަކުން ބަލައި ނުގަންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ވެސް އެކަހަލަ އިންތިހާބެއް ބަލައެއް ނުގަންނާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާ ފާޅުވާ ދުވަހު ލަދުވެތި ގޮތަކަށް މި ސަރުކާރު ބަލިވެގެންދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު