Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އިނގިރޭސިވިލާތުގެ ޕާލިމެންޓް ދެ މެމްބަރަކު އައީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް: އިލެކްޝަންސް

މީގެ ކުރިން ސަރުކާރު ދިފާއުކުރެއްވުމަށް ވަޑައިގެންނެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޯގަސްޓު 2018 | ހޯމަ 02:20
ސަރ ޑޭވިޑް އޭމިސް ރާއްޖޭގައި

ސަރ ޑޭވިޑް އޭމިސް ރާއްޖޭގައި

ރިޔާސީ އިންތިޚާބުގެ މިނިވަންކަމާ މެދު ބައިނަލްއަޤްވާމީ މުޖްތަމައުއިން ސުވާލު އުފައްދާފައި ވަނިކޮށް، ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރައްވާ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ރާއްޖެވަޑައިގެން އުޅުއްވަނީ އިލެކްޝަންސް ކޮމިޝަނުގެ ދައުލަވަތަކަށް ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެއެމްވީ" ކުރި ސުވާލަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް އޮބްޒާވްކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ޔޫކޭ-މޯލްޑިވްސް ޕާލަމެންޓްރީ ގްރޫޕްގެ ދެ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން އެބޭފުޅުންނަށް ދައުވަތު ދެއްވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ޔޫކޭ-މޯލްސްޑިވްސް ޕާލަމެޓްރީ ގްރޫޕްގެ ދެ ބޭފުޅަކު އަޅުގަނޑުމެންނަށް ޕްރީ އިލެކްޝަން އޮބްޒާވް ކޮށްލަން ބޭނުންވާ ކަމަށް ރިކުއެސްޓް އައީ. އިލެކްޝަންސް ކޮމިޝަނުން އެ ރިކުއެސްޓް ގަބޫލުކޮށް، އިލެކްޝަންސް ކޮމިޝަނުން އިންވައިޓް ކޮށްގެން އައި ބައެއް އެއީ،" އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅުން ހުރި އިދާރާތަކާ ބައްދަލުކުރުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ އެ ދެ ބޭފުޅުން އެދިވަޑައިގެންނެވުމުން، އެފުސަތު ދިނުމުގެ ގޮތުން ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށް އެކަން ހިއްސާކުރެއްވި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާ ބައްދަލު ކުރެއްވުމަށް ވެސް އެ ދެ ބޭފުޅުން އެދިވަޑައިގެންނެވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ދެ ބޭފުޅުންގެ މި ދަތުރުފުޅު ނިންމަވާ ލެއްވިއިރު އެމްޑީޕީ އާއި އެޕާޓީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެ ދެ ބޭފުޅުންނާ ބައްދަލު ކުރެވޭ ގޮތް ނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ވޯޓާސް ލިސްޓްގެ އަސާސަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ލިސްޓް ކަމަށް ވާތީ އެ މުއައްސަސާއަށް އެ ދެ ބޭފުން ވަޑައިގެންނެވި ކަމަށާއި އެޓާރނީ ޖެނެރަލް އޮފީހަށް ވެސް ވަޑައިގެންނެވި ކަމަށެވެ.

އެ މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ނެޓްވޯކަކުން ގުޅާލާފައިވާ ދައުލަތުގެ މައި އިދާރާ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް އެ ދެ ބޭފުޅުން ވަޑައިގަންނަވާފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ދައުލަތު ދެއްވައިގެން ރާއްޖެ ގެންނަވާފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ބިޒްނަސް ކްލާސް ޓިކެޓް ދީގެން ގެނައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސަރ ޑޭވިޑް އޭމިސް އާއި އެހެން ބޭފުޅެކެވެ.

އެ ދެ ބޭފުޅުން މިފަހަރު ރާއްޖެ ވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް ކަމެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ. މީގެ ކުރިން އަޑުފެތުރިފައި ވަނީ އެ ދެ ބޭފުޅުން މި ފަހަރު ވެސް ރާއްޖެ ވަޑައިގެންނެވީ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު