Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރީ ރަޖިސްޓަރކޮށްފައިވާ މީހެއްގެ ފޯމް ބާތިލެއް ނުކުރެވޭނެ:ހިސާން

26 އޯގަސްޓު 2018 | އާދީއްތަ 13:49

ރީ ރަޖިސްޓްރީވިކަމަށް ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 އޯގަސްޓު 2018 | އާދީއްތަ 13:49
ހިސާން ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ހިސާން ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ރަށްވެހިވެފައި ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ ނަމަ ރީރެޖިސްޓްރީކުރުމަށް ހުޅުވާލާ ފުރުސަތުގައި ރެޖިސްޓްރީ ވެފައިވާ ކަމަށް ނިންމާފައިވާ މީހެއްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ބާތިލެއް ނުކުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިން އެޖެންޓް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލް ހިސާން ވިދާޅުވީ ރީރެޖިސްޓްރީ ކުރުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅުމުން ފުރަތަމަ މަރުހަލާގައި އެމީހަކު ރީރެޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށް މެސެޖެއް ފޮނުވާ ކަމަށެވެ. ދެ ވަނަ މަރުހަލާއަކީ ވެރިފައި ކުރުމަށް 1414 ނަންބަރަށް މެސްޖް ކުރުމުން އަންނަ މެސެޖްގައި ރީރެޖިސްޓްރީކުރެވިފައިވާ ކަމަށް ކަނޑައެޅުން ކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ އެ ދެމަރުހަލާ ނިމުމުންވެސް 5000 މީހުންގެ ފޯމް ބާތިލް ކޮށްފައިވާ ކަމަށާއި އެއީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރީރެޖިސްޓްރީ ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު އެވެ. އެހެންވެ، ރީރެޖިސްޓްރީކުރެވިފައިވާ މީހެއްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށްވެސް ބާތިލް ކުރެވޭނީ ފޯމް ހުށަހެޅި މީހާ އެދިގެން ކަމަށް ހިސާން ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ނަން ރީރެޖިސްޓްރީ ކުރުމަށްފަހު ދެން އެމީހެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނީ އެމީހާ އެކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ. އެއްވެސް ޝަކުވާއެއް ނެތި ބެލުމެއް ނެތި އެގޮތަށް ބާތިލެއް ނުކުރެވޭނެ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ހުށަހެޅި ބައެއް ފޯމުތައް ރިޖެކްޓްކޮށް އަނެއް ބައި މީހުންގެ ފޯމް ހުށަނާޅަނީސް މުޅިން އެހެން ތަންތަނަށް ރެޖިސްޓްރި ވެފައިވާ ކަމަށެވެ. އެކަމުގެ ބޭނުމަކީ ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ މީހުންނަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން އުނދަގޫ ކުރުން ކަމަށް ހިސާން ވިދާޅުވި އެވެ.

އިންތިޚާބުގެ ކަންކަމުގައި ބޭނުންކުރަން އުޅޭ ޓެބްލެޓަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާންކޮށްފައި ނޫނީ އިލެކްޝަންސް ކޮމިޝަނަށް ވެސް އެނަތީޖާ ނުފޮނުވޭނެ ކަމަށެވެ. އެހެން ކަމުން ޤާނޫނުގައި އޮތް ގޮތުންނަމަ ނަތީޖާ އިއުލާންކޮށް އެ ނަތީޖާ އެތަނުގައި ތަތްކޮށްފައި ނޫނީ ޓެބްލެޓަކުންވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ނުފޮނުވޭނޭކަމަށް ހިސާން ވިދާޅުވިއެވެ.

" ޤާނޫނުގައި އޮންނަ ގޮތުން ވޯޓު ގުނުމަށްފަހު އެތަނުގައި އިއުލާން ކުރަން ޖެހޭ. ދެވަނަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ނަތީޖާ ޝީޓުގައި ނަތީޖާ ލިއުމަށްފަހުގައި ސޮއިކޮށްފައި ޢާއްމުކޮށް ފެންނަ ގޮތަށް ވޯޓުލާ މަރުކަޒުގައި ބެހެއްޓުން. ތިންވަނަ ކަމަކަށް ކުރަން ޖެހެނީ އެނަތީޖާ އިލެކްޝަނާ ބެހޭ މައި އިދާރާއަށް ފޮނުވުން" ހިސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
10 ފެބުރުއަރީ 2017

ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން:ރައީސް ޔާމީން

10 ފެބުރުއަރީ 2017
ޕީޕީއެމްގެ ފިކުރަކީ އެންމެ މީހެއްގެ ފިކުރެއް ނޫން:ރައީސް ޔާމީން
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް