Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ. މަރޮށި

ށ. މަރޮށި އެއްކޮށް އަނދިރީގައި، ކަރަންޓް ލިބޭނެ އިރެއް ނޭނގޭ!

24 އޯގަސްޓު 2018 | ހުކުރު 22:17

އެރަށަށް ކަރަންޓް ލިބޭނެ އިރެއް އަދި ނޭނގޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 އޯގަސްޓު 2018 | ހުކުރު 22:17
މަރޮއްޓަށް މިދިޔަ އަހަރު ގެންދިޔަ ބާ ޖަނަރޭޓާރު

މަރޮއްޓަށް މިދިޔަ އަހަރު ގެންދިޔަ ބާ ޖަނަރޭޓާރު

ރަށުގައި ކަރަންޓް ދޭން ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކު ވުމުގެ ސަބަބުން ހުކުރު ދުވަހުގެ ރޭ 9:30 އިން މުޅި ރަށުން ކަރަންޓް ކެނޑިފައިވާކަމަށް ށ. މަރޮށީ ކައުންސިލަރ ހަފީޒުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ހަފީޒުﷲ ވިދާޅުވީ މަރޮށީގެ ރައްޔިތުން ތިބީ ކަރަންޓް ނެތުމުގެ ސަބަބުން ކަނު އަނދިރީގައި ކަމަށާއި ކަރަންޓް ދިނުން ހުއްޓާލީ އެންމެ ޖަނަރޭޓަރަކުން ކަރަންޓް ދޭން ޖެހޭތީކަމަށެވެ.

Advertisement - newsAdvertisement

އެރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރަނީ ތިން ޖަނަރޭޓަރެވެ.

ހަފީޒުﷲ ވިދާޅުވީ ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އޭގެ ތެރެއިން އެއް އިންޖީނު ހަލާކު ވެފައިވާކަމަށެވެ. އެހެން ކަމުން އެރަށަށް ހުކުރު ދުވަހުގެރޭ 09:00 ޖެހުމާއި ހަމައަށް ކަރަންޓް ދެމުން އައީ ދެ ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށްވާއިރު އެއްކޮށް ކަރަންޓް ދިނުން ހުއްޓާލީ އޭގެއިން އެއް ޖަނަރޭޓަރު ލޯޑު ބޮޑުވެ ހަލާކުވުމުންނެވެ.

"މިހާރު ރަށުގައި އެއްވެސް ގޮތަކަށް ކަރަންޓެއް ނެތް. ކަރަންޓް ނެތުމުން އެންމެންނަށް ވަރަށް އުނދަގޫ. އެއް ޖަނަރޭޓަރުން ކަރަންޓް ނުދޭންވިގެން ކަރަންޓް މުޅި ރަށުން ކަނޑާލީ. އެއްކޮށް ކަރަންޓް ދެވޭނީ 3 ޖަނަރޭޓަރުން." ހަފީޒުﷲ ވިދާޅުވިއެވެ.

މަރޮއްޓަށްވެސް ކަރަންޓް ދެނީ ފެނަކައިންނެވެ. ހަފީޒު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައާއި މަޝްވަރާތައް ކުރެވުނުކަމަށާއި ފެނަކައިގެ އެމްޑީގެ ޖަވާބަކީ ކުރިން އެރަށަށް ގެންދަން އުޅުނު "ބާ އިންޖީނު" އެރަށަށް ނޭރުވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ރަނގަޅުކުރެވިފައި ނެތުން ކަމަށެވެ.

"ފެނަކައިގެ އެމްޑީ ވިދާޅުވި އެ ނޭރުވި މައްސަލައިގައި އެކަމުގެ ސަބަބުންނޭ މައްސަލަ ހައްލު ނުކޮށްދޭން އުޅެނީ. މަރޮއްޓަށް ގެނައި ބާ އިންޖީނެއް ވީމަ ރައްޔިތުން ބޭނުން ވީ އާ އިންޖީނެއް އެފަހަރު." ހަފީޒުﷲ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަރޮށީ ރައްޔިތުން މުޒާހަރާކޮށްފައިވަނީ ހއ. އުތީމުން ބާ ޖަނަރޭޓަރެއް އެ ރަށަށް ގެންދިއުމުންނެވެ. އެ ޖަނަރޭޓަރ ވަނީ އަނބުރާ އުތީމަށް ފޮނުވާލާފައެވެ. މަރޮށިން އެއްކޮށް ކަރަންޓް ކެނޑުމުގެ ކުރިން ބައެއް ގަޑިތަކުގައި ޖަނަރޭޓަރުގެ ލޯޑް ބޮޑުވުމުގެ ސަބަބުން އެ ރަށުން ކަރަންޓު ކެނޑޭތާ އެތައް ދުވަހެއް ވެފައިވާކަމަށް ވެސް ހަފީޒުﷲ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް