Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީގެ ޖެއްސުން

އިބޫގެ ބެނަރ ހަރުކުރުމަށް އެޗްޑީސީއާއި ފުލުހުން ހުރަސްއަޅައިފި

އެއްވެސް ކަހަލަ ރަސްމީ އެންގުމެއް އަންގާފައެއް ނުވޭ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 20 އޯގަސްޓު 2018 | ހޯމަ 21:39
ބެނަރތައް ހަރުކުރުމަށް ފުލުހުން ހުރަސް އަޅަނީ

ބެނަރތައް ހަރުކުރުމަށް ފުލުހުން ހުރަސް އަޅަނީ

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ގެ ކެމްޕެއިން ބެނަރތައް ހަރުކުރުމަށް ސަޕޯޓަރުން ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިންގި ހަރަކާތަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރަސް އަޅައިފިއެވެ.

އެއަރޕޯޓަށް ދާ މަގާއި ގުޅިފައި އޮންނަ ހުޅުމާލޭގެ ނިރޮޅު މަގުގައި އެ ބެނަރތައް ނުދެމޭނެ ކަމަށް އެޗްޑިސީން ވަނީ ބުނެފައެވެ. އެޗްޑީސީގެ ތިން ސުޕަވައިޒަރަކު ދަންވާން ކައިރިވެފައި ވަނިކޮށް އެ ސަރަހައްދަށް ގޮސް ވަކި ޚާއްސަ ހުއްދައެއް، ބެނަރ ދަމަން ނަގަން ޖެހޭނެ ކަމަށް އަނގަ ބަހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ހުއްދަ ނަގަން ޖެހެނީ ކޮން ގަވާއިދެއްގެ ދަށުން ކަމެއް ސާފުކޮށް ބުނެދީފައެއް ނުވެއެވެ.

Advertisement - newsAdvertisement

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވީ އެ އެންގުމާއި ގުޅިގެން ބެނަރ ދެމުމަށް ނަގަން ޖެހޭނީ ކޮން ހުއްދައެއްތޯ ބެލުމަށް އެޗްޑީސީއާ ގުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓެއް ކަމަށް ކަނޑައަޅާފައިވާ އިބޫއަށް ކެމްޕެއިން ކުރުމުގެ ހުއްދަ އިލެކްޝަނުން ފުރިހަމައަށް ދީފައިވާއިރު އިތުރަށް ދެން ނަގަން ޖެހޭ ހުއްދައަކީ ކޮބައި ކަމާމެދު ސުވާލު އުފެދޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމު ރައްޔިތަކު ރާއްޖެ.އެމްވީއަށް މައުލޫމާތުދިން ގޮތުގައި އެތަނަށް އެޗްޑީސީގެ މުވައްޒަފުން ދިޔަތާ މާގިނައިރު ނުވެ، ދެ ވެހިކަލްގައި ފުލުހުން އައުމަށްފަހު ވަނީ އެ ހަރަކާތް ހުއްޓާލުމަށް އިންޒާރު ދީފައެވެ. އަދި އެޗްޑީސީގެ އެންގުމާއި އެއްގޮތުގެ މަތިން ކަންތައް ކުރުމަށް އަންގާފައިވާއިރު، ރަސްމީ ލިޔުމެއް ދައްކާފައެއް ނުވެއެވެ.

އިބޫގެ ސަޕޯޓަރުން ވަނީ އެޗްޑީސީގެ އެންގުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނީ ދަނީ ކެމްޕެއިން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެކަން ކުރުމަށް ހުރަސް އެޅުމަކީ އިދިކޮޅު ފަރާތްތަކުގެ ހައްގަށް އަރައިގަތުން ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު