Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ލިބޭ ގެއްލުންތައް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް އދ. އިން ބުނެފި

ކެރެލާ އަށް ކުރަމުން ގެންދާ ވިއްސާރައާއި ގުޅިގެން 300 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 އޯގަސްޓު 2018 | ހޮނިހިރު 16:10
ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ތެރެއިން

ކެރެލާ އަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ތެރެއިން

އިންޑިއާގެ ކެރެލާއަށް ކުރަމުން ގެންދާ މޫސުމީ ވިއްސާރާގައި އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ލިބެމުންދާ އެކި ގެއްލުމާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ހިތާމަފާޅު ކުރައްވާ ލިބެމުންދާ ގެއްލުންތައް "ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް" ވިދާޅުވެއްޖެއެވެ.

ކެރެލާ އަށް ކުރަމުން ގެންދާ ވިއްސާރައާއި ގުޅިގެން 300 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާއިރު، މިއީ ވޭތުވެދިޔަ 100 އަހަރުތެރޭގައި ކެެރެލާ އަށް ބޯކޮށް ވާރޭވެހި ހިނގަމުންދާ އެންމެ ބޮޑު ހާދިސާއެވެ. މިހާތަނަށް 300000 އަށްވުރެ ގިނަ މީހުން ގޯތިގެދޮރު ދޫކޮށް ދާން ޖެހިފައިވާއިރު، 80 ޑޭމެއް ވަނީ ބަންޑުން ޖަހާލާފައެވެ.

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނު ސްޓެފާން ޑުޖަރިކް، ނޫސްވެރިންނަށް ހޮނިހިރު ދުވަހު ވިދާޅުވީ އިންޑިއާއަށް ކުރަމުން ގެެންދާ މޫސުމީ ވިއްސާރަ، އދ. ގެ އިންސާނީ ކާރިސާތަަކާ ބެހޭ އޮފިޝަލުންނާއި އަދި އިންޑިއާގައި ހަަރަކާތްތެރިވާ އދ. ގެ ކަންޓްރީ ޓީމުން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އިންޑިއާއަށް ކުރަމުންގެންދާ ބޯވިއްސާރައާއި ގުޅިގެން ފުރާނަ ގެއްލި، އެތައް ބައެއްގެ ގޯތިގެދޮރު ގެއްލި އަދި ބޮޑެތި ގެއްލުންތައް ލިބެމުންދާތީ ވަރަށް ހިތާމަ ކުރައްވާ ކަމަށް ޑުޖަރިކް ވިދާޅުވިއެވެ.

އިންޑިއާ އަށް އެހީވުމަށް، އދ. އަށް އެގައުމުން އެދިފައިވާތޯ ނޫސްވެރިން ސުވާލު ކުރުމުން ޑުޖަރިކް ވިދާޅުވީ "އަދި އިންޑިއާ އިން އެފަދަ އެއްވެސް އެހީތެރިކަމަކަމަށް އެދިފައި ނުވާ ކަމަށެވެ." ކެރެލާގެ ސަރުކާރުން ބުނެފައި ވަނީ މަރުވި ގިނަ މީހުން މަރުވެފައި ބިންގަނޑުކަނޑައިގެން ކުނިބުނީގައި ތާށިވެގެން ކަމަށެވެ.

އަދިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އަދި ރެޑް އެލާރޓް ވެސް ނެރެފައިވާއިރު، ކެރެލާގެ މައި އެއާރޕޯޓު ވަނީ 26 އޯގަސްޓާ ހަމައަށް ބަންދުކޮށްފައެވެ.

އެތައް ސަތޭކަ ސިފައިން މީހުންނަށް އެހީވުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާއިރު، ކެރެލާގެ ސަރުކާރުން އާންމުންނަށް އިލްތިމާސްކޮށްފައި ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގާ އެންގުމަށް ބޯލެނބުމަށެވެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު