Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި މާފުށި ހިމަނާނަން: އިބޫ

16 އޯގަސްޓު 2018 | ބުރާސްފަތި 10:00

ގްރީން ޓެކްސްގެ ބައެއް ކައުންސިލްތަކާ ހަވާލު ކުރާނަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 އޯގަސްޓު 2018 | ބުރާސްފަތި 10:00
މާފުއްޓަށް ވަަޑައިގަތުމުގެ ތެރެއިން:-އެރަށުގައި ބިން ހިއްކާ ދެއްޥާނެ ކަމަށް ވައުދުވެވަޑައިގެންނެވި

މާފުއްޓަށް ވަަޑައިގަތުމުގެ ތެރެއިން:-އެރަށުގައި ބިން ހިއްކާ ދެއްޥާނެ ކަމަށް ވައުދުވެވަޑައިގެންނެވި

އެމަނިކުފާނުގެ ސަރުކާރުގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި ކ.މާފުށި ހިމެނޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކ.މާފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވީ މާފުށީގައި ގޯތި ބޭނުންވާ އެތައް ބަޔަކު ގޯތި ނުލިބިފައި އެބަ ތިބި ކަމަށާއި އެކަން ކުރެވެން އޮތީ ރަށުގެ ބިން ބޮޑު ކޮށްގެން ކަމަށެވެ. އަދި ބިން ހިއްކުމަށް ފަހު ރަށުން ގޯތި ދިނުމަށް ލޭންޑްޔޫސް ޕްލޭން ހަދައި އެ މަސައްކަތް ފެށޭނެ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ނަޝީދު ފެއްޓެވި ގެސްޓް ހައުސްގެ ވިޔަފާރިއާއެކު ރަށް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެކަމަށް އެމަނިކުފާނަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެހެންމެ ކުރީގެ ރައީސް މައުމޫނު ތަރައްގީއަށްޓަކައި ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާފުށީގައި ވަޒީފާގައި ގިނަ އަދަދެއްގެ މީހުން އުޅެމުންދާއިރު ރަށުގައި ވަޒީފާގައި ނެތް އެކަކުވެސް ނެތް ކަމަށް ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ އެހެން ރަށެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މިހާރު ވެސް ވަޒީފާގެ ފުރުސަތުތަކަށް އެރަށުގައި މީހުން ބޭނުންވާ ކަމަށް ވެސް އިބޫ ފާހަގަ ކުރެއްވި އެވެ.

މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ރަނގަޅަށް ހިނގާ ރަށް ކަމަށް ވިއަސް މިރަށުގައި ކުނި ނައްތާލެވޭނެ ގޮތެއް ނެތް ކަމަށާއި ގްރީން ޓެކްސް ބޭނުން ކުރެވެން ޖެހޭނީ ތިމާވެށި ހިމާޔަތްކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ. ވޯޓާސް ސްޕޯޓްސް ކުރިއެރުވުމަށްޓަކައި އެކަމަށް ހާއްސަ ސެންޓަރުތައް ރަށްތަކުގައި ހަދާދޭނެ ކަމަށް މާފުށީގައި ވެސް ވިދާޅުވި އެވެ.

ގެސްޓް ހައުސްގެ ސިޔާސަތު މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަދެގެންދާނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މިހާރު ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ތިން މިލިއަން ޑޮލަރުގެ ހޭދަކުރާއިރު އެމަނިކުފާނުގެ ސަރުކާރުގައި އެ އަދަދު ތިން ގުނަ އަށް އިތުރު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ވަކިން ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ފައިސާ ހޭދަ ކުރައްވާނެ ކަމަށެވެ.

ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށްފައި ތިބި މާފުށީގައި ހުންނަވައިގެން އިބޫ ވިދާޅުވީ އިރާދަ ކުރެއްވިއްޔާ ވެރިކަމުގެ ފުރަތަމަ ދުވަހު މިހާރު ޖަލުގައި ތިބި ސިޔާސީ ބޭފުޅުން އެ ބޭފުޅުންގެ އާއިލާތައް ކައިރިއަށް ބަދަލު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ވެސް ވޯޓު ލުމަށް ފަހު ނިންމާލެވެން ނެތް ކަމަށާއި ވޯޓުލުމަށް ފަހު ވޯޓުގެ ނަތީޖާ ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވޯޓު ލުމަށް ފަހު ގެއަށް ވަންނަން ވާނީ ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް