Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް

ދެ ފަހަރު މަތިން ބަޖެޓްގައި ހިމެންދޫ ބަނދަރު ހިމަނިނަމަވެސް، މަސައްކަތް ކުރިއަކަށް ނުދޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2018 | ބުރާސްފަތި 06:10
ފައިސަލް ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ފާލަމުން ކައުންސިލް މެމްބަރުން ވަނީ މަރުޙަބާ ދަންނަވާފަ

ފައިސަލް ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ފާލަމުން ކައުންސިލް މެމްބަރުން ވަނީ މަރުޙަބާ ދަންނަވާފަ

ހިމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމުގެ ގޮތުން ބަނދަރެއްގެ ފަސޭހަކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށުގެ ރައްޔިތުންނަން ލިބިގެންދާނެ ކަމަށް ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އއ އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އެރަށުގެ ރައްޔިތުންނަން ދިމާވެފައިވާ ބަނދަރުގެ މައްސަލައަށް ހައްލެއް ހޯދަދިނުމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން މުހައްމަދު މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިމަންދޫގެ ރައްޔިތުންނަން ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދާދީފައި ނުވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބިގެން ދާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ހަނދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި އަޅުގަނޑުވެސް ހުންނަން، މިދާއިރާގެ އިއްޒަތްތެރި މެމްބަރު ބަޖެޓް ކޮމެޓީގައި އާއި ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި، އަޅުގަނޑުމެންނަން އިނގޭ ދެ ތިން ހަތަރު ފަހަރެއްގެ މަތިން މި ރަށުގެ ބަނދަރުގެ ވާހަކަ ބަޖެޓް ފޮތުގައި ޖެހިގެން ދިޔަކަން، ހަމަ އެއާއި އެކު ދެތިން ފަހަރު ފެނިފަ ގެއްލިގެން ދިޔަކަން ވެސް، ހަމަ އެއާއި އެކު ވައުދެއްގެ ގޮތުގައި އެއީ ވެފަ އޮތް ވައުދެއްކަންވެސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ސަރުކާރުން އެންމެ ފުރަތަމަ ކުރާ ކަންކަމުގެ ތެރޭގައި ކުރަން މި ޖެހެނީ އެހެން ބަޔަކު ވައުދު ވިނަމަވެސް، ރައްޔިތުންނަން ވަރަށް މުހިންމު އަސާސީ، ރައްކާތެރިކަމާއި އެކު ރަށަށް އެރޭނެ ފަދަ، ނިޒާމެއް އޮތުމުގެ ގޮތުންނާއި، މިރަށުގެ ރައްޔިތުންނަންޓަކައި ބަނދަރެއްގެ ފަސޭހަކަން ހޯދައިދިނުން" އެމްޑީޕީގެ ހަރުގޭގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ހިމަންދޫ ރައްޔިތުންނާއި ބައްދަލުކުކުރައްވާ ފައިސަލް ވާހަކަފުޅު ދައްކަވަނީ

ޖަޒީރާ މެނިފެސްޓޯ ބަހާލެވިފައި ވަނީ ފަސް ކަމެއްގެ މައްޗަށްކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައިވާ ކަންކަން ހާސިލް ކުރެވޭނީ އޯގާތި ސަރުކާރެއް އައިސްގެން ކަމަށެވެ. ޖަރީރާ މެނެފިސްޓޯގެ ނޫ އިގްތިސޯދުގެ ދަށުން ރަށުގެ ތިބެގެން އާންމުދަނީ ލިބޭނެ ގޮތް މަގުފަހި ކުރުން އެއީ މަގަްސަދެއް ކަމަށާ، ބޭސްފަރުވާއަށް ސަލާން ޖެހުން ފަދަ ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވައުދަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވާ ކަންތައް ކަމަށްވާ އިންސާފު ގާއިމް ކުރުން "ފައިސަލް ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 800 އެއްހާ މީހުން ދިރިއުޅޭ ހިމަންދޫއަށް ފައިސަލް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިމަންދޫ އަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީން ކާމިޔާބުކުރި، އެ ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ރަށެއްކަން ފާޙަގަ ކޮށްލެވެއެވެ.

މި ދަތުރުފުޅުގައި ފައިސަލް ދެން ވަޑައިގަންވާނީ އެ އަތޮޅު މާޅޮސް އަށެވެ. އެއަށް ފަހު އ ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ،

ހިމަންދޫން ފައިސަލް އަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފަ

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެއެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާނު ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.

ފައިސަލް އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017
މޫސުމަށް އަންނަ ކުޑަ ބަދަލަކުން ވެސް ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނެ: ރައީސް ނަޝީދު

މޫސުމަށް އަންނަ ކުޑަ ބަދަލަކުން ވެސް ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނެ: ރައީސް ނަޝީދު

01 ޖޫން 2017
ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

14 މެއި 2017
ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ

ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ

25 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު