ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 14:30
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް
ޙުސައިން ޙަސަން
ޒަކާތު ފަންޑު
ތައުލީމު ހާސިލު ކުރަމުންދާ ކުދިންނަށް ޒަކާތު ފަންޑުން އެހީ!
މިހާރު ކިޔަވަމުންދާ ކޯހުގެ 50 ޕަސެންޓް ފުރިހަމަކޮށްފައިވާންޖެހޭ
ރާއްޖެއިން ބޭރުން ކިޔަވާ 17 ކުދިންނަށް އެހީ ލިބޭނެ
ރާއްޖެއިން ނަމަ 36 ކުދިންނަށް އެހީ ލިބޭނެ

ތައުލީމު ހާސިލު ކުރަމުންދާ ފަރާތްތަކަށް ޒަކާތު ސްކޮލަރޝިޕް ފަންޑު މެދުވެރިކޮށް އެހީގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މަތީ ތައުލީމުގެ ދާއިރާތަކުން މިހާރުވެސް ކިޔަވަމުންދާ އަދި އެކި ސަބަބުތަކާހުރެ ކިޔެވުން މެދުކެނޑިފައިވާ ނުވަތަ ފަރާތްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

ޝަރުތުތަކުގެ ތެރޭގައި މިހާރު ކިޔަވަމުންދާ ކޯހުގެ 50 ޕަސެންޓް ފުރިހަމަކޮށްފައިވާންޖެހެއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ވެސް ހިލޭ އެހީގެ ގޮތުގައި ފުރުސަތު ލިބިގެން ހަރަދު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.

މި އެހީގެ ދަށުން ރާއްޖެއިން ބޭރަށްނަމަ 17 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން އެއްލައްކަ ދިވެހި ރުފިޔާއެވެ. އަދި ރާއްޖޭގައި ނަމަ 36 ކުދިންނަށް ކޮންމެ ކުއްޖަކަށް ގިނަވެގެން ވިހި ހާސް ދިވެހި ރުފިޔާ ލިބިގެންދާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 އޯގަސްޓް ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް