Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ މަޝްރޫއުު

އެއް ކޮޓަރީގެ ފްލެޓެއް 8 ލައްކަ ރުފިޔާއަށް ވިއްކާގޮތަށް އެމްޓީސީސީގެ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި

ހަދަން ނިންމާފައިވަނީ 14 ބުރީގެ ދެ ޓަވަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އޯގަސްޓު 2018 | އަންގާރަ 17:50
އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޒިޔަތު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޒިޔަތު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ އެމްޓީސީސީ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ހޮޓެލް ޖެންގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ ހިޔާ މަޝްރުއޫ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެ ކުންފުނީގެ ޗެއަރމަން އަހްމަދު ނިޔާޒް އާއި ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޒިޔަތުއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ނިންމާފައިވަނީ 14 ބުރީގެ ދެ ޓަވަރުގައި ޖުމްލަ 400 ފްލެޓް ތަރައްޤީ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ ދެ ޓަވަރުގައި އެއްކޮޓަރީގެ 160 ޔުނިޓާއި 2 ކޮޓަރީގެ 80 ޔުނިޓާއި ދެ ކޮޓަރިޔާއި މެއިޑްރޫމް ހިމެނޭ 160 ޔުނިޓް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއްކޮޓަރީގެ ޔުނިޓް 7 ލައްކަ އާއި 8 ލައްކަ ރުފިޔާއަށް ދެ ކޮޓަރީގެ ޔުނިޓެއް 1.2 އަދި 1.3 މިލިއަން ރިފިޔާއަށް އަދި ދެ ކޮޓަރިޔާއި މެއިޑްރޫމް ހިމެނޭ ޔުނިޓް 1.4 އަދި 1.7 މިލިއަން ރުފިޔާއަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

"މި އަގުތަކަކީ މިއަދުގެ ރިއަލް އެސްޓޭޓް ބާޒާރުގެ އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 50 ޕަސަންޓް ހެޔޮ އަގެއް. މުވައްޒަފުންނަށް 24 މަހަށް ބަހާލައިގެން ފަސޭހައިން ޑައުން ޕޭމަންޓް ދެއްކޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަމަށް މި ފުރުސަތުގައި ފާހަގަކޮށްލަން" ޒިޔަތު ވިދާޅުވިއެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓްގެ ޑައުން ޕޭމަންޓް 24 މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. ނަމަވެސް ޑައުން ޕޭމަންޓަށް ދައްކަން ޖެހޭ އަދަދު ހާމައެއް ނުކުރައްވައެވެ.

ތަރައްޤީ ކުރާ 400 ފްލެޓްގެ ތެރެއިން މުވައްޒަފުންނަށް 330 ފްލެޓް ހާއްސަ ކުރާއިރު، ބާކީ 70 ފްލެޓް ދޫކުރާނީ އާންމުންނަށް ކަމަށް ވެސް އެކުންފުނިން ހާމަކުރިއެވެ. އަދި މުއައްޒަފުންނަށް ހާއްސަ ކުރާ 330 ފްލެޓްގެ ތެރެއިން ކުންފުނީ ގައި މަސައްކަތްކުރާ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންނަށް 10 ފްލެޓް ރިޒާވް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ކުންފުނީގެ ދާއިމީ ހުރިހާ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފްލެޓަށް އެދޭ ފޯމް ކުންފުނިން ދޫކުރަން ފަށާނެ ކަމަށާއި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފްލެޓްގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެ މަޝްރޫއަށް އެއްކޮށް ނިންމާލުމަށް 439 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު