Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

އެމްޑީޕީން އެއާރޕޯޓް ވިއްކާލީކަމަށް ވިދާޅުވެ، ރައީސް ޔާމީން ތަކުރާރުކޮށް އިތުރުފުޅު ހައްދަވައިފި

14 އޯގަސްޓު 2018 | އަންގާރަ 09:52

އެއާރޕޯޓް ތަރައްގީކޮށް، ހިންގުމަށް ޖީއެމްއާރަށް ދީފައިވަނީ 25 އަހަރަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 އޯގަސްޓު 2018 | އަންގާރަ 09:52
އެއާރޕޯޓްގެ އާ ރަންވޭ ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާގެ ތެރެއިން

އެއާރޕޯޓްގެ އާ ރަންވޭ ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާގެ ތެރެއިން

އެމްޑީޕީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ވިއްކާލި ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކޮށް އިތުރުފުޅު ހައްދަވައިފި އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާ މިދަނޑިވަޅުގައި ތ. އަތޮޅަށް ވަޑައިގެން ހޯމަ ދުވަހު ތ. ތިމަރަފުށި ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއާރޕޯޓް ވިއްކާލީ ކަމަށެވެ. އަދި އަންގާރަ ދުވަހު ހަމަ އެއަތޮޅު ބުރުނީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ހަމަ އެމޭރުމުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި މީގެ ކުރިން ވެސް ބައެއް ޖަލްސާތަކުގައި ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައި ވެއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ވިއްކާލާފައިނުވާކަން ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކުން އެނގެ އެވެ. އަދި ޖީއެމްއާރުން އެއާރޕޯޓް ތަރައްގީކޮށް، ހިންގުން 25 އަހަރަށް ކުއްޔަށް ދިންކަން އެނގޭ އެއް ހެއްކަކީ އެ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމާއި ގުޅިގެން ޖީއެމްއާރުން އެއާރޕޯޓް ތަރައްގީ ކުރުމަށް ހިންގި މަޝްރޫއުގެ ޚަރަދު ދިނުމަށް އާބިޓަރޭޝަން ކޯޓުން ކުރި ހުކުމެވެ. އެހުކުމާއި ގުޅިގެން ދިވެހި ދައުލަތުން ވަނީ ޖީއެމްއާރަށް 300 މިލިއަން ޑޮލަރު ދައްކާފަ އެވެ.

ޖީއެމްއާރު އެއާރޕޯޓް މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމަށް ދެ އަހަރު ނުވަނީސް އެއްބަސްވި އެއްބަސްވުމެކެވެ. އަދި އެއީ އެހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވަނީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލާފަ އެވެ.

އެ އެއްބަސްވުން އުވާލުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އެވެ.

އެ އެއްބަސްވުން އުވާލުމުގައި ގާނޫނީ ލަފާ ދެއްވަމުންގެންދެވި ރައީސް އޮފީހުގެ ލީގަލް އެފެއާރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެފައިވަނީ އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސް ވުމެއް ކަމަށާއި އެ އެއްބަސްވުން ބާތިލް ކުރިނަމަވެސް ދިވެހި ދައުލަތުން އެއްވެސް ފައިސާއެއް ޖީއެމްއާރަށް ދައްކަން ނުޖެހޭނެ ކަމަށެވެ. އޭރު އާޒިމާ ހުންނެވީ ރައީސް ވަހީދުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމުގައެވެ.

ރައީސް ޔާމީން މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައިވަނީ ޖީއެމްއާރަށް ދައްކަން ޖެހުނު 300 މިލިއަން ދައްކަން ނުޖެހުނުނަމަ އެފައިސާ ރައްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަރަދު ކުރެވުނީސް ކަމަށެވެ. ރައީސް ޔާމީން އެގޮތަށް ވިދާޅުވި އިރު، ޖީއެމްއާރުން އެއާރޕޯޓް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދިވެހި ރައްޔިތުން ޒިންމާވާންޖެހޭ ލޯނެއް ނަގައިގެން ނޫނެވެ. ޖީއެމްއާރުން އެއާރޕޯޓް މަޝްރޫއަށް 800 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު އެމަޝްރޫއު ނިންމުމަށް ހަމަޖެހިފައި އޮތީ 2014 ވަނަ އަހަރަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެއާރޕޯޓް ތަރައްގީ ކުރަނީ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލުތައް ފެންމަތި ވަމުންދާއިރު، ހަމައެކަނި އެމްއެމްޕީއާރުސީގެ ތެރެއިން 80 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ވަނީ ފެންމަތި ވެފަ އެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް 145 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު، އެ މަޝްރޫއުގައިވެސް ބޮޑެތި ކޮރަޕްޝަން އަމަލުތަކެއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ހޯދަން ކަމަށްބުނެ ބޮޑެތި އަދަދުތަކުން ބައެއް ފަރާތްތަކަށް ފައިސާ ދިފާއިވާ މައްސަލަތަކެއްވެސް ވަނީ ފެންމަތި ވެފަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް