Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-ދެކުނު ކޮރެއާ

ދެ ކޮރެއާގެ ވެރިން އަންނަ ސެޕްޓެމްބަރު މަހު ބައްދަލު ކުރައްވަނީ

ދެގައުމުގެ ވެރިން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ އޭޕްރީލް މަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޯގަސްޓު 2018 | ހޯމަ 13:14
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގ ގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެކޮރެއާ ގެ އޮފިޝަލުން ވަނީ ދެގައުމުގެ ވެރިންގެ ބައްދަލުވުމާ ބެހޭގޮތުން "ކޮރެއަން ޑީމިލިޓަރައިޒްޑް ޒޯން" ގައި ހޯމަ ދުވަހު ބައްދަލު ކުރައްވާފައެވެ. "ކޮރެއަން ޑީމިލިޓަރައިޒްޑް ޒޯނަކީ" ދެކޮރެއާ ސަރައްދުގައިވާ އެއްވެސް ހަނގުރާމަވެރި އާލާތެއް ނޫނީ ސިފައިން ގާއިމުވެ ނެތް ޒޯނެކެެވެ.

ހޯމަ ދުވަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ އޮފިޝަލުން ބައްދަލު ކުރެއްވުމަށް ފަހު ނެރުނު ޖޮއިންޓް ބަޔާނުގައި، ދެގައުމުގެ ވެރިންގެ ބައްދަލުވުން އޮންނާނެ ސީދާ ތާރީޚެއް ހާމަކޮށްފައިނުވެއެވެ. އަދި ދެގައުމުގެ ވެރިންގެ މެދުގައި ކުރިން ވެވުނު އެއްބަސްވުމަށް އަމަލު ކުރާނެ ގޮތެއްވެސް ހާމަކޮށްފައެއް ނުވެއެވެ. މިއަހަރު އޭޕްރީލް އިން ފެށިގެން އުތުރު ކޮރެެއާ އާއި ދެކުނު ކޮރެއާގެ ވެރިން ބާއްވާ ތިންވަނަ ބައްދަލުވުން ސެޕްޓެމްބަރު މަހު ބާއްވާއިރު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބާއްވަވާފައިވާ ބައްދަލުވުމުން އެދެވޭ ނަތީޖާ އެއް އަދިވެސް ނުނެރެވެއެވެ.

ދެކުނު ކޮރެއާ އިން އަންނަނީ އެމެރިކާ އާއި އުތުރު ކޮރެއާ އާ މެދު އޮތް ހިޔާލު ތަފާތުވުންތަކާއި އަދި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ބައިނަލްއަގްވާމީ މުޖުތަމައު އިން އުތުރު ކޮރެއާ އަށް ގޮވާލަމުން ގެންދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށެވެ. އަދި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެެވެ. އެެހެންނަމަވެސް އެކަމަށް އުތުުރު ކޮރެއާ އިން އިޖާބަ ނުދޭތީ ބައިނަލްއަގްވާމީ މުޖުތަމައު އިން ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު