Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުން އަދަދު 436 އަށް އަރައިފި

މި ތަފާސްހިސާބު ހާމަކޮށްފައި ވަނީ ހޯމަ ދުވަހު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 އޯގަސްޓު 2018 | ހޯމަ 11:43
އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް

އާދީއްތަ ދުވަހު އިންޑޮނީޝިއާގެ ލޮމްބޮކް އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް

އިންޑޮނޭޝިއާގެ ރަށެއް ކަަމަށްވާ ލޮމްބޮކް އަށް އޯގަސްޓް ފަސްވަނަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 430 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ބިންހެލުމުގެ ސަބަބުން އިގްތިސާދީ ގޮތުން ލިބުނު ގެއްލުން އެތައް ސަތޭކަ މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލޮމްބޮކް އައި ބިންހެލުމުގައި 436 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން ގިނަ މީހުން މަރުވީ ބިންހެލުމާއި ގުޅިގެން އިމާރާތްތައް ބިންމައްޗަށް ވެއްޓުމުގެ ސަބަބުންނެވެ. އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނާގޮތުން، ބިންހެލުމުގެ ސަބަބުން ގެތަކާއި، އިންފްރަސްޓްރަކްޗާ އަދި އެހެނިހެން ތަކެއްޗަށް ލިބުނު ގެއްލުން މަދުވެގެން 5 ޓްރިލިއަން ރުޕިއާ (342 މިލިއަން ޑޮލަރު) އަރާނެއެވެ. އެޖެންސީން އިތުރަށް ބުނެފައި ވަނީ އަލުން ލޮމްބޮކް އަށް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް އެތައް ސަތޭކަ މިލިއަން ޑޮަލަރު ހޭދަވާނެ ކަމަށެވެ.

7.0 މެގްނިޓިއުޑް ގައި އައި ބިންހެލުމުގައި އެތައް ހާސް ގެއެއް ބިމާ ހަމަވެފައިވާއިރު، 35000 މީހުން ވަނީ އެބައިމީހުންގެ ގޯތިގެދޮރު ދޫކޮށްދާން ޖެހިފައެވެ.

ނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

ބާލީ އާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ އިރު، އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ

10 ފެބުރުއަރީ 2017
އައިފްލް ޓަވަރު ވަށައިގެން ބިއްލޫރި ފާރެއްލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު