Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

ފަންޑުން އަމިއްލަ ބޭނުމަށް ފައިސާނަގާ ބޭނުންކޮށްފައިވާތީ ދަޢުވާކުރުމަށް ފޮނުވައިފި

13 އޯގަސްޓު 2018 | ހޯމަ 06:45

ފައިސާ ނަގާފައިވާ ދުވަސްވަރު ސައިކަލެއް ގަނެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 އޯގަސްޓު 2018 | ހޯމަ 06:45
ގއ. އަތޮޅު ތައުލީމީ މަރުކަޒު

ގއ. އަތޮޅު ތައުލީމީ މަރުކަޒު | ގޫގުލް

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަންޑުން އަމިއްލަ ބޭނުމަށް 18،000.00ރ ނަގާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަންޑުގެ އެކައުންޓުން 2015 ވަނަ އަހަރު 18,000.00 (އަށާރަހާސް) ރުފިޔާ ނަގާފައިވާކަމާއި އެފައިސާ ނަގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ސިވިލް ސަރވިސްގެ ގަވާއިދާ ހިލާފަށް ކަމަށްބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރއާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން އެ ފައިސާ ނެގި ދުވަސްވަރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރ އޭނާގެ އަންހެނުންގެ ނަންމަތީގައި ސައިކަލެއް ގަނެފައިވާކަމާއި، ސައިކަލު ގަނެފާވާއިރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރ ގެ އަމިއްލަ ބޭންކް އެކައުންޓް އަދި ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާރގެ ކުންފުނީގެ އެކައުންޓުގައި އެއްފަހަރާ ސައިކަލަށް ފައިސާ ދެއްކޭވަރަށް ފައިސާ ނެތްކަމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒު އޮޑިޓް ކުރުމުގެ ތެރޭގައި ގަވާއިދާ ހިލާފަށް އެ ފައިސާ ނަގާފައިވާ މައްސަލަ ފާހަގަކުރެއްވުމުން، މި ފައިސާ ދޫކުރިތާ 1 އަހަރުފަހުން ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކައުންޓަށް އަނބުރާ ފައިސާ ޖަމާކޮށްފައިވާކަމާއި، މިފައިސާއަކީ އެމަރުކަޒުގެ އެޑްމިނިސްޓްރޭޓަރއަށް އެޑްވާންސްކޮށް ދީފައިވާ އެއްމަހުގެ މުސާރަކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ބުނިނަމަވެސް މިފައިސާއަކީ އެމަރުކަޒަށް ތަކެތި ގަތުމަށް ބޭނުންވާ ފައިސާކަމަށް ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ބުނުމުން ދީފައިވާ ފައިސާކަމަށް ޕޭމަންޓް ވައުޗަރު ތައްޔާރުކުރި އަދި ފައިސާ ދޫކުރި މުވައްޒަފުކަމަށްވާ ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ބުނިނަމަވެސް، މިފައިސާ ނަގާފައިވަނީ އެމަރުކަޒުގެ ބޭނުމަށްނޫންކަން ލިބިފައިވާ ހެކިތަކުން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ ގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ގއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި އެމަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
28 މާރިޗު 2017

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

28 މާރިޗު 2017
ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް