Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ތިނަދޫ

ތިނަދޫ ރައްޔިތުން އެންމެ ބޭނުންވަނީ ގޯތި، އެކަމަކު އެކަން މިސަރުކާރުން ނުކޮށްދޭ: ކައުންސިލް

13 އޯގަސްޓު 2018 | ހޯމަ 05:22

ގޯތި ދޫކުރުމުގެ ހުއްދައަށް އެދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2018 | ހޯމަ 05:22
ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ޝިފާގު ހުސެއިން

ތިނަދޫ ކައުންސިލްގެ ނައިބް ރައީސް ޝިފާގު ހުސެއިން

ވ. ތިނަދޫ ރައްޔިތުން އެންމެ ބޭނުންވަނީ ގޯތި ކަމަށާއި، އެކަމަކު މިސަރުކާރު އެކަން ކޮށްދީފައި ނުވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ދާއިރާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ޝިފާގު ހުސެއިން ވިދާޅުވީ ތިނަދޫ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި ގޯތި ދޫކުރުމުގެ ހުއްދައަށް އެދޭތާ އެއްއަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިފާގު ވިދާޅުވީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުއްދަ ހޯދުމަށްޓަކައި ކައުންސިލުން ކުރެވޭނެ ހުރިހާ ކަމެއް ކުރި ކަމަށާއި، ނަމަވެސް މިސަރުކާރުން ދައްކަނީ އުޒުރު ކަމަށެވެ. އޭނަ ވިދާޅުވީ ތިނަދޫގައި ބިމުގެ ޖާގަ އެބައޮތް ކަމަށާއި، ދޭން ބޭނުންވާ ނަމަ މިހާރު އެކަން ކުރެވިދާނެ ކަމަށެވެ.

"ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަކީ ރައްޔިތުން އަމިއްލައަށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުން. އެގޮތުން ރައްޔިތުންނަށް އުދަނގޫތަކެއް ދިމާވެފައި ހުރި ނަމަވެސް އެންމެ ބޮޑަށް އެދުމުންދިޔައީ ހަރަދުކުރާނެ އެއްވެސް ކަމެއް ތިނަދޫއިން ބޭނުމެއް ނޫނޭ. ތިނަދޫއިން ބޭނުންވަނީ ރައްޔިތުންނަށް ކުރިއަށްދެވޭނެ މަގެއް ހުޅުވައިދެއްވުމޭ." ޝިފާގު ވިދާޅުވިއެވެ.

ތިނަދޫއަށް މިސަރުކާރުގެ ފިނޭންސް މިނިސްޓަރު ޒިޔާރަތް ކުރުމުން މިނިސްޓަރާއި ބައްދަލުކޮށް މިމައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރިކަން ފާހަގަކުރައްވާ ޝިފާގު ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ގޯތި ދޫނުކުރަމަށް ސަރުކާރުން މަސައްކަތް ކުރަނީ ކުއްޔަށްދޭން އުޅޭތީ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

"އެއެއް ނުނިންމޭނެއްނުންތޯ މިހާރުގެ ސަރުކާރަކަށް ނުވަތަ ފިނޭންސް މިނިސްޓަރަކަށް. މާލޭގައި ވެސް މީހުން ގެދޮރު ހަދައިގެން ކުއްޔަށްދީގެން އެގޮތަށް ވިޔަފާރި ކުރަމުންދަނީ. ކީއްވެގެންހޭ ތިނަދޫ ރައްޔިތުންނަށް ގެދޮރުގައި ވިޔަފާރީ ނުކުރެވެނީ" ޝިފާގު ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 13 ގޯތި ދޫކުރިފަހުން އެރަށުން ގޯތި ދޫނުކުރާ ކަމަށާއި، މީހާރު ވެސް 60 މީހުންނަށްވުރެ ގިނަ މީހުން ގޯތި ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުން 100 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ބިން އެބައޮތް ކަމަށެވެ.

ތިނަދޫއަކީ ލޯކަލް ޓޫރިޒަމަށް ޚާއްސަ ރަށަކަށްވާއިރު ޒުވާނުން މިއަދު ބޭނުންވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދާނެ ގޮތެއް ކަމަށާއި، ލިބޭ ގޯއްޗެއްގައި ދިރިއުޅުމަށް ތަންކޮޅެއް ހެދުމަށްފަހު ވަކިން އެގޯތީގައި ފަތުރުވެރިންނަށް ޚާއްސަކޮށް ތަނެއް ހެދޭނެ ކަމަށް ޝިފާގު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާގު ވިދާޅުވީ ތިނަދޫ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި ކަމަށާއި، އިންޖީނުގެ އަޅާނެ ބިން ދެއްކި ނަމަވެސް އެކަން ކޮށްދީފައިވާ ނުވާ ކަމަށެވެ.

ރައީސް ޔާމިންގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުން ރަށަށް ތަރައްގީ ލިބޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ޝިފާގު ވިދާޅުވީ މިހުރިހާ ދުވަހު މަސައްކަތް ކުރީ ސަރުކާރާއެކު ކަމަށާއި، ރައީސް ޔާމިންގެ ސަރުކާރުގައި ތިނަދޫ ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކޮށްދީފައިވާނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް