Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
ދިރިއުޅޭ ގޭގެ މާހައުލު

ދިރިއުޅޭ ގޭގެ މާހައުލުގެ ސަބަބުން ސްޓްރެސް ވޭތަ؟

ގޭތެރޭގެ ކަންކަން ހުންނަން ވަނީ ވަކި ތަރުތީބަކުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2018 | އަންގާރަ 07:29
ގޭތެރޭގެ ޑިޒައިނަކީ މުހިއްމު އެއްޗެއް

ގޭތެރޭގެ ޑިޒައިނަކީ މުހިއްމު އެއްޗެއް

ގިނަ ވަގުތު ބޭރުގައި އުޅުމަށް ފަހު ގެއަށް އައިސް ވަންނަ ވަގުތަކީ ހިތްހަމަ ޖެހޭ ވަގުތެއްތަ ނޫނީ ސްޓްރެސްވާ ވަގުތެއްތަ؟

ހަމަ ޔަޤީނުން ވެސް ތަރުތީބު ގެއްލިފައިވާ ގެޔަކަށް ވަންނައިރު އަރާމުކޮށްލާ ސްޓްރެސް ފިލުވާލަން އެހާ ފަސޭހައެއް ނުވާނެއެވެ. އެހެން ނަމަވެސް މީގެ ހައިރާންވާ ކަމަކީ ތަރުތީބުކޮށް ބެހެއްޓި ނަމަވެސް ޑިޒައިން ގޯސްކޮށް ހުރެއްޖެ ނަމަ ސްޓްރެސްވާނެ ކަމެވެ.

އެންމެ ފުރަތަމަ ކަމަކީ ގޭތެރެ އަބަދު ވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން ގޭތެރޭގައި ގެންގުޅޭ ކޮންމެ އެއްޗަކީ ވެސް ވަކި ތަނެއްގައި ތަރުތީބުކޮށް ބެހެއްޓޭ އެއްޗަކަށްވާން ޖެހޭނެއެެވެ. ކޮންމެ އެއްޗަކަށް ވެސް ވަކި ތަނެއް ހާއްސަ ކުރެވިފައި ވެސް ހުންނަން ޖެހޭނެއެވެ. އެހެންކަމުން ގޭތެރެ ހަޑިވެ ސާފުކުރަން ޖެހޭއިރު ވެސް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ސާފުކޮށް ނިންމާލެވޭނެއެެވެ.

އެންމެ މުހިއްމު ކަމަކީ މިގޮތަށް ވެސް ގޭތެރެ ތަރުތީބުކޮށް ސާފުކުރުމަށް ވަކި ރޫޓިންއެއް ގެންގުޅުމެވެ. އެގޮތުން އެއްޗެހި ދޮންނަން އާންމުކޮށް ވަކި ދުވަހެއް ހާއްސަކޮށްފައިވާ ގޮތަށް ގޭތެރެ އެއްކޮށް ސާފުކުރާނެ ދުވަހުގެ ގޮތުގައި ވެސް ވަކި ދުވަހެއް ކަނޑައަޅާށެވެ. އަދި މިގޮތަށް އާދަ ވެއްޖެ ނަމަ މިކަމާ މާބޮޑަށް ވިސްނައި ފިކުުރު ކުރާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ އެއްޗެސަކީ ވަކި މިންވަރެއްގައި ހުންނަން ޖެހޭނެ އެއްޗެސެވެ. މިސާލަކަށް ބޭނުންކުރާ މިންވަރަށް ވުރެ ގިނައިން ތަކެތި ބަހައްޓާ ނަމަ އެތަކެތި ހުންނަން ޖެހޭ ވަކި ހާއްސަ ތަނެއް ނެތުމުގެ ސަބަބުން ގޭތެރޭގެ ތަރުތީބު އޮޅޭ ގޮތް ވާނެއެވެ. އެގޮތުން އަބަދު ވެސް ފެންނަން ހުންނަ އެއްޗަކީ އެމީހަކު ލޯބިކުރާ އެއްޗެއްސަށް ވާންޖެހޭނެއެވެ.

ގޭތެރޭގައި މާގިނައިން ކުރަހާފައި ހުންނަ ކަހަލަ ފޮޓޯ ނުވަތަ ޕްރިންޓްސް ހުރުމަކީ ވެސް ގޭތެރޭގެ ރީތިކަން ގެއްލޭ ކަމެކެވެ. އެހެންކަމުން ގޭތެރޭގެ ފެންނަ ހިސާބުގައި މިފަދަ ކުރެހުމެއް ބަހައްޓަން ވެއްޖެ ނަމަ، މިކަމަށް ހާއްސަކޮށްފައި ހުންނަ ކުރެހުންތައް ބޭނުން ކުރާށެވެ.

އަބަދުވެސް ގޭތެރޭގައި ހުންނަ ވަހަކީ ހިތްގައިމު ހިތްހަމަޖެހޭ މީރުވަހެއް ކަމުގައި ހަދާށެވެ. އެގޮތުން ސެންޑެޓް ކެންޑްލް، މާ، އަދި މިނޫން ވެސް ނުބައި ވަސް ފިލުވުމަށްޓަކައި ގެންގުޅޭ ތަކެތި ބޭނުންކުރާށެވެ. އެހެންކަމުން ބޭރުގައި ވަގުތު ހޭދަ ކުރުމަށް ފަހު ގެއަށް ވަންނައިރު ހިތްހަމަޖެހޭ އިހްސާސެއް ކުރުމުން ސްޓްރެސްއިން މީހާ ދުރުުކޮށްދޭނެއެވެ.

ގޭގައި ހުންނަ ލައިޓިންއަކީ ވީހާ ވެސް ބޮޑަށް ގުދުރަތީ އަލިކަމެއް ކަމުގައި ހަދާށެވެ. އެ އަލިން މީހާއަށް އުފާވެރިކަން ގެނެސްދޭނެއެވެ. އަދި ގުދުރަތީ އަލިކަން ނުލިބޭ ގޮތަށް ގެ ހުންނަ ނަމަ އަލިކަން ރިބޭ ގޮތަށް ހުންނަ ރީތި ލޭމްޕް ބޭނުން ކުރާށެވެ.

އެންމެ މުހިއްމު އެކައްޗަކީ ގޭގައި ލާފައި ހުންނަ ކުލައެވެ. އެގޮތުން އަލިގަދަ ކުލަ ބޭނުންކޮށްފައި ހުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން މީހާގެ ހިތް ހަމަޖެހުމާއި އުފާވެރިކަން އިތުރުކުރުމަށް އެންމެ ރަނގަޅި އަލިކަން މަޑު ކުލަތައް ބޭނުން ކުރުމެވެ. މިސާލަކަށް ހުދު، މަޑު ނޫކުލަަ ހިމެނެއެވެ. މިކުލަތަކަކީ މީހާގެ ބްލަޑް ޕްރެޝަރ ދަށްކޮށްދީ، ނިދި އަަންނަން ވެސް ފަސޭހަވާނެއެވެ.

މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު އުޅުމަށް ފަހު ގެއަށް އައިސް ހިތް ހަމަޖެހިލައިގެން ވަގުތު ހޭދަކުުރުމަށް ކޮންމެ މީހަކު ވެސް ބޭނުން ވާނެއެވެ. އެހެންކަމުން މިކަންކަމަށް ވިސްނައިގެން ގޭތެރެ ތަރުތީބުކޮށް ޑިޒައިންކޮށްފި ނަމަ ސްޓްރެސްކަން ފިލައިގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސްއިން ދުރުވުމަށް ކުރާ ކަންތައް އިނގޭތަ؟

ކާމިޔާބު ވިޔަފާރިވެރިން ސްޓްރެސްއިން ދުރުވުމަށް ކުރާ ކަންތައް އިނގޭތަ؟

24 ޖުލައި 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު